ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި ބަހްރެއިން އާއި ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ބަހްރައިން އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖެއާ ބަހްރައިންގެ ގުޅުން ބަދަހިކުރުމާ ގުޅޭ 4 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވާފައިވާ ކަަމަށެވެ.

ފުރަތަމަ އެއްބަސްވުމަކީ، ބަހްރެއިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ގުޅޭ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ ބަހްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި، ދިވެހިސަރުކާރުގެ މައުލޫމާތު ރައްކާކޮށް، އަމިއްލައަށް ބެލެހެއްޓުމަށް ބަހުރައިނުން ފުރުޞަތުދިނުމުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް، ބަހްރައިންގެ އަލް ޤުޟައިބިއްޔާ ޕެލަސްގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި، ބަހްރައިންގެ ރަސްގެފާނު، ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ބައިނަލްއަގުވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެގައުމުގެ މެދުގައި ހިޔާލާއި މަޝްވަރާ ބަދަލު ކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ހަލީފާ އެކެޑަމީ ފޯރ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ދެމެދު ވެނުނު އެއްބަސްވުމަކާއި، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: