ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޑިއޯ ގްރާފަރުން ތަމްރީން ކުރުމާއި ބެހޭ ކޯހެއް އެސްޓީއޯ އިން ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމެހެއްޓެނިވި ގޮތެއްފައު ރޭޑިއޯގްރަފީ އަށް ދިވެހިން ތަމްރީން ކުރުމުގެ ކޯސް އިފްތިތާހުކޮށްދެއްވައިފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މި ކޯހަކީ ޖެނެރަލް އިލެކްޓްރޯނިކްސް ހެލްތް ކެއާ އާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯސް ހިންގާނީ މާލޭގައި ހުންނަ އެސްޓީއޯގެ ޓްރެއިނިން އިންސްޓިޓިއުޓްގައެވެ.

މި ކޯހުގައި ކިޔަވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށް ފަސް ހޮސްޕިޓަލަކާއެކު އެސްޓީއޯގެ ފަރާތުން ސޮއި ކޮށްފައިވާއިރު އެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، އޭޑީކޭ، ޓްރީޓޮޕް ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލެވެ.

އެސްޓީއޯ އިން ބުނީ ކޯހަށް ހުޅުވާލުމާއެކު 90 އަށް ވުރެ ގިނަ ބައިވެރިން ކުރިމަތިލިކަމަށާއި ނަމަވެސް ފުރަތަމަ ބެޗް އަށް ނަގާފައިވަނީ 25 ދަރިވަރުން ކަމަށެވެ.

އެސްޓީއޯގެ ހަރަދުގައި ފުރިހަމަކުރާ މި ކޯހުގައި ކޯސްފީ އާއި ޕޮކެޓް މަނީގެ ގޮތުގައި ކޮންމެ މަހަކު 2300 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި އެލައިޑް ހެލްތު ކައުންސިލުން ގަބޫލު ކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: