ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބަހްރެއިން އާއެކު ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބަހުރެއިނުގެ އެހީތެރިކަން ހޯދުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރާއި ބަހުރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި ސޮއިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ބަހުރެއިނަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ދިރާގަށް، ބަހުރެއިންގެ އެންމެ ވަރުގަދަ ސައިބަރ ޑިފެންސް އޮޕަރޭޝަންގެ ފަރާތުން އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  އެގޮތުން އެހީތެރިކަން ލިބޭ ކަންކަމުގެ ތެރޭގައި  ލަފާ ދިނުމާއި ކޮންސަލްޓިން އާއި ސެކިއުރިޓީ އިންޖިނިއަރިން އާއި ސައިބާ ޑިފެންސް ގެ އިތުރުން ސައިބަރ ތްރެޓް އިންޓަލިޖެންސް އަދި ތްރެޓް ހަންޓިންގ ގެ އިތުރުން އިންސިޑެންޓް ރެސްޕޮންސް ހިމެނެއެވެ.

ބަޓެލްކޯގެ ޗެއާމަން ޝޭހު އަބްދުﷲ ބިން ހަލީފާ އަލް ހަލީފާ ވިދާޅުވީ ބަޓެލްކޯއިން އެންމެ ފަހުން ތައާރަފުކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބާ މެދުވެރިކޮށް، ދިރާގާ ގުޅިގެން ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން އެމްއޯޔޫއެއްގައި ސޮއިކުރެއްވުނީތީ އެކަމާ ފަހުރުވެރިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ސައިބަ ސެކިއުރިޓީގެ ހާއްސަ މީހުންނަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ ގިނަ އިސް މީހުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ މަޝްރޫއުގެ ޒަރިއްޔާ އިން އެންސީއައިޓީއާ އެކު އިލްމާއި ތަޖުރިބާ ހިއްސާކޮށް، ސަރުކާރާއި ވިޔަފާރިވެރިންނާއި އާންމުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: