ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅަލުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަންޖެހޭ 3 މުއައްސަސާވެސް ތިބީ ހަނު: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސިޓީގައި ރައްޔިތުންނަށް ދިމާވާ އެއްމެ ބޮޑު އެއް އުނދަގޫ ކަމުގައިވާ ބުޅާ ގިނަވެ، ބުޅަލުގެ ނަޖިހުގެ އުނދަގޫ ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަންޖެހޭ 3 މުއައްސަސާއެއް މިކަމުގައި ހަނު ތިއްބަވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަަމުން މުއިއްޒު ވިދާޅުވީ މާލޭގައި އާންމުންނަށް ދިމާވާ ތަފާތު މައްސަލަތައް ނުވަތަ އުނދަގޫތަކުގެ ތެރެއިން އެއްކަމަކީ ބުޅަލުގެ ނަޖިސް ނުވަތަ ބުޅާ ގިނަވުމުގެ އުނދަގޫ ކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ މިފަދަ މައްސަލަތަކުގައި އުޅުއްވަން ޖެހޭނީ ކަމާ ގުޅުން ހުރި މުއައްސަސާތައް ކަަމަށެވެ. އެގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާއި ފިޝެރީސް މިނިސްޓްރީގެ އިތުރުން ޕަބްލިކް ހެލްތް ދާއިރާ ފާހަގަކުރެއްވިއެވެ.

ބުޅަލުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފިޝެރީޒް މިނިސްޓްރީން މަސައްކަތް ކުރަން ޖެހޭކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި މައްސަލައަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީން މަސައްކަތް ކޮށްދޭންޖެހޭކަމަށެވެ.

”ފިޝެރީޒް މިނިސްޓްރީގައި މިކަމާ ގުޅޭ ޤާނޫނު އޮވޭ، ފިޝެރީޒް މިނިސްޓްރީން ހަގީގަތުގައި ޖެހޭނެ ސްޓްރޭ ކެޓްސް ނުވަތަ މިގޮތަށް މިއުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަން.”މުއިއްޒު ވިދާޅުވިއެވެ.

މިއާއެކު މުއިއްޒު ފާހަގަކުރެއްވީ، ބުޅަލުގެ މައްސަލއަށް ހައްލު ހޯދައިދޭން ތިބި ފަރާތްތަކުން އެ މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.

މި މައްސަލަގާއި ހައްލުހޯދައިދިނުމަށް މަސައްކަތް ކޮށްދޭން ޖެހޭ އަނެއް މުއައްސަސާއަކީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ޖަވަނާރުންނާއި ގުޅުން ހުރި ކުދި ކުދި ކަންކަމުގައި ފިޔަވަޅު އަޅާނަމަވެސް، ބުޅަލުގެ މައްސަލައާއި ގުޅިގެން މިނިސްޓްރީން އެއްޗެއް ވިދާޅުނުވާތީ މުއިއްޒުވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

”އެންވަޔަރަމެންޓް މިނިސްޓްރީގެ ޒިންމާ އެބޮތް މިކަމުގައި. ތިޔަބޭފުޅުންނަށް ފާހަގަވާނެ ނޫސްތަކުން ވަރަށް ކުދި ކުދި ކަންތައްތަކުގައިވެސް ޖަނަވާރުންނާ ގުޅޭ ކަންކަމުގައި އީޕީއޭ އިން ފިޔަވަޅު އަޅާތަން. އެކަމަކު މިކަމުގައި ނުފެޏެ އީޕީއޭއިން ފިޔަވަޅު އަޅާތަނެއް” މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައަށް ހައްލު ގެނައުމަށް ޕަބްލިކް ހެލްތްގެ ދައުރުވެސް އޮތްކަމަށް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޕަބްލިކް ހެލްތް ދާއިރާއިންވެސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ މި މައްސަލއަށް ހައްލެއް ގެންނަންޖެހޭ މުއައްސަސާތަކާ ރައްޔިތުންވެސް އަދި ނޫސްވެރިންވެސް ސުވާލު ނުކުރާކަމަށެވެ.

މުއިއްޒުވަނީ މި މއްސަލައާއި ގުޅިގެން މި ތިން މުއައްސަސާއަށް ސުވާލުކުރައްވާ ޖަވާބުދާރީ ކުރުވުމަށްވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: