ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ހައްގުތައް ހޯދައިދޭން ޕީޕީއެއެމްއިން މަސް މާރުކޭޓު ސަރަހައްދަށް އެއްވަނީ

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން މަސްވެރިންގެ ހައްގުތަކަށް އަރައިގެނެފައިވާ ކަމަށް ބުނެ މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯޅިޝަންގެ ފަރާތުން މަސް މާރުކޭޓު ސަރަހައްދަށް އެއވާން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ހަރަކާތް ކޮމެޓީގެ މުގައްރިއު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހޯދައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްޖަތްތަކުގެ ދަށުން މާދަމާ ހަވީރު މަސް މާރުކޭޓު ސަރަހައްދަށް އެއްވުމަށް ނިންމާފައިވާ ކަމަށެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ ރައީސް ސާލިޙްގެ ސަރުކާރުން މަސްވެރިންނަށް އެތައް ވަޢުދުތަކެއް ވެފައިވާ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ވަޢުދެއް ފުއްދާދެވިފައި ނުވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމާއި މި ނޫން ވެސް އެތައް ބޮޑެތި ވަޢުދުތަކެއް ވީނަމަވެސް އެއިން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: