ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކާސްޓިންގެ ދާއިރާގައި ހަމަހަމަކަން ޤާއިމްކޮށްދިނުމަށް އެދި މަޖިލީހަށް ގަރާރެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚަބަރާއި މައުލޫމާތު އަދި އުނގެނުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ރީ ބްރޯޑްކާސްޓްކުރާ ފަރާތްތައް ތަފާތު ކުރުމެއް ނެތި އިންސާފްވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

މިއަދުގެ މަހިލީހުގެ ޖަލްސާގައި މި ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުނު އިރު، މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.

ޝިޔާމް ހުށަހެޅުއްވި ޤަރާރުގައިވަނީ، ރީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ވާދަވެރި ވިޔަފާރިީގެ މާހައުލު ސިޔާސީ ގޮތުން ނުފޫޒުގަދަ ވަކި ބައެއްގެ ބާރުން ނައްތާލާފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްދެމުންދާ ކުދި އޮޕަރޭޓަރުންގެ ވިޔަފާރި އެއްކޮށް ފުނޑާލައި ވަކި ބަޔަކަށް ނާޖާއިޒު ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ކުރިމަތިކުރަމުންދާ ދަތިތަކާއި ހުރަސްތަކާއި ތަފާތުކުރުންތައް ރައްޔިތުން މަޖިލީހުގެ ޕާލިމެންޓްރީ އިންކުއަރީއެއް މެދުވެރިކޮށް ދެނެގަނެ އެ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލާ މި ޤަރާރު މަޖިލީހަށް ހުށަހަޅާކަމަށެވެ.

ޤަރާރު ހުށަހަޅާ މައިގަނޑު ސަބަބުތައް ކަމުގައި ފާހަގަކޮށްފައިވާ ކަންކަން:

  • ބްރޯޑްކާސްޓިންގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ހަމަހަމަ މާހައުލެއް ޤާއިމްކޮށްދިނުން .
  • ބްރޯޑްކާސްޓުކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތްމައްޗަށް ދޫކޮށްނުލުން.
  • ރީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަކީ ދިވެހިޖުމްހޫރިއްޔާގެ ޢާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުޞޫލާ، ޚިލާފު ޤަވާއިދަކަށްވުން.
  • ވޯލްޑްކަޕްގެ މުބާޜާތް ޕީއެސްއެމްއިން ދެއްކުމަށް މީޑިއާނެޓަށް ގިނަ އަދަދަކަށް ފައިސާދީފައިވާ ކަމަށް މައުލޫމާތު ލިބުމާއިއެކު އެ މުބާރާތް ދައުލަތުގެ ޓީވީ މެދުވެރިކޮށް ބެލޭނެކަށް ކަށަވަރު ކުރަން ބޭނުންވުން.

ޝިޔާމްގެ ޤަރާރުގައިވާގޮތުން، ބްރޯޑްކާސްޓިންގެ ދާއިރާއަށް ވަރަށްގިން ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުވެސްދަނީ ފޯރުވަމުންނެވެ. އަދި އެކަމަށް ހައްލެއް ގެނެވެންވެސް އޮތީ މި ޤަރާރު ފާސްވެގެންކަމަށް ޝިޔާމް ޤަބޫލުފުޅު ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: