ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް އަނިޔާކުރަން މި ނެރެނީ އެމްބަސީއިން ރުޕީސް ދީގެން ނެރޭ ފުލުހުންތަކެއް: ހިސްޓޯ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު ( ހިސްޓޯ)/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދިވެހި ރައްޔިތުންގެ އަޑު އިވުމުން ކެއްނުވާކަމަށް ޕީއެންސީގެ ސެކެޓްރީ ޖެނަރަލް ޝިފާގު މުފީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ މުޒާހަރާތަކުގައި ބައިވެރިވާ މެމްބަރުންނާއި މެދު ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން ގެންގުޅެމުންދާ އުސޫލުތަކަށް އަލި އަޅުވައި ވާހަކަދައްކަވަމުން ޝިފާގް މުފީދު ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއިން ދިވެހި ރައްޔިތުންނަށް އަނިޔާކޮށްފާނެކަމަށް އެނާ ގަބޫލު ނުކުރައްވާކަމަށެވެ.

ރައީސް ސާލިހު ހުންނެވީ، ނައިބު ރައީސް ފައިސަލް ނަސީމަށް ވެރިކަން ހަވާލު ކުރެއްވުމަށް ފަހު، އަނބުރާ ވެރިކަން “ފޭރި” ވަޑައިގެން “ވެރިވެގަނެގެން” ކަމަށް ފާހަގަކުރައްވާ ޝިފާގް މުފީދް ވިދާޅުވީ، މި ދައުރުގެ ތެރޭގައި ފެނިގެންދަނީ ދިވެހި ފުލުހުންގެ މުއައްސަސާ އިން ބޭފުޅުން ނޫންކަމަށާއި، އެއީ އިންޑިއާގެ އެމްބަސީއަށް ނިސްބަތްވާ ބައެއް ކަމަށް އެނާ ސިފަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އެ މީހުން މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ނުފޫޒުގެ ދަށުންކަމަށާއި، ރުޕީޒްއަށް ކަމަށެވެ. އަދި އެމީހުން ތިބެނީ ފުލުހުންގެ ޔުނިފޯރމު ލައިގެން ނަމަވެސް، ހަގީގަތުގައި ދިވެހި ފުލުހުންގެ އަހުލާގިއްޔަތާއި ގާނޫނަށްވެސް ތަބާ ނުވާކަމަށް އެނާ ވިދާޅުވިއެވެ.

ޝިފާގް މުފީދް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި ފެނިގެންދަނީ، ދިވެހި ގާނޫނުތަކާއި ހިލާފަށް ދިވެހިންނަށް އަނިޔާ ކުރުމަށް އެމްބަސީ ފުލުހުން ނެރިގެން އުޅޭ މަންޒަރުކަމަށެވެ.

އެއް ނަމެއް ކިޔާ އެއް ބަޔަކު އެއް ސާވިސް ނަމްބަރެއް ޖަހައިގެން ނުކުމެ އުޅޭކަމަށް އިޝާރާތް ކުރައްވާ އެނާ ވިދާޅުވީ، ކުރިއަށް އޮތްތާ ދިވެހި ފުލުހުންގެ މުއައްސަސާއާއި މެދު އިތުބާރު އުފެއްދުމަށް އެ ފަރާތްތަކުގެ އަތުން އުނިފޯރމާއި ބެޖު އަތުލާނެކަމަށެވެ. އަދި އެ ދުވަސް އޮތީ ގާތުގައިކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ އަޑު އިވުމުން ރައީސް ސާލިހަށް އެއް ގޮތަކަށްވެސް ކެތް ނުކުރެވޭކަމަށެވެ. އެހެންކަމުން ކުރީ ވެރިކަން ތަކުގައި މުޒާހަރާތައް ހުއްޓުވާފައި ހުރުން ބަހަނާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ދިގު ތިރީސް އަހަރު ނިމުމަކަށް ގެނައުމަށް ކަމަށް ބުނެ ނަމަވެސް، އެ މަނިކުފާނުގެ ވެރިކަން މާ ހަރުކަށި އަދި އަނިޔާވެރިކަމަށް ޝިފާގް މުފީދް ވިދާޅުވިއެވެ. އަދި ކުރީގެ ވެރިކަން ގޯސް ކަމަށް ބުނުމަކީ އެކަންކަން ތަކުރާރު ކުރުމަށް އޮތް ލައިސެންސް އެއް ނޫންކަމަށް އެނާ އިޝާރާތް ކުރެއްވިއެވެ.

އެނާ ވިދާޅުވީ، އެމްޑީޕީއިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާކަމަށެވެ. އެހެން ނަމަވެސް މިއަދު ރައީސް ސާލިހުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތްކަމަށާއި އާންމު ތަނެއްގައި އެއް ނުވެވޭ ތާނގައި ގޭތެރޭގައިވެސް ބަހެއް ބުނުމުގެ މިނިވަންކަމެއް ނެތްކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: