ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް އިސްތިއުފާދީފި

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް ޝިފާގު މުފީދު އެ ޕާޓީން އިސްތިއުފާދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ރައީސް ޑރ މުހައްމަދު މުއިއްޒު ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބަން އެމަނިކުފާނު ޕީޕީއެމް ދޫކުރައްވައި ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި ޕާޓީއެއް އުފައްދަވާފައިވާއިރު ޝިފާއު ވަނީ ސޯޝަލްމީޑިއާގައި އޭނާގެ އިސްތިއުފާގެ ސިޓީ ޝާއިއުކުރައްވާފައެވެ.

ޝިފާއުގެ ސިޓީ ފޮނުއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށެވެ. އޭނާ ވިދާޅުވީ އޭނާ އާއި އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ ޕާޓީ ހިނގަމުންދަނީ ހައްދުންމަތިން އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްދަވައިގެން ނުކުންނަވައި ޕާޓީ މެމްބަރުންގެ މޫނަށް ހައްޕުނޑު ބުރުވާ އުސޫލުންކަމަަށެވެ.

އެހެންނަމަވެސް އެފަދަ ހާލަތެއްގައި މެމްބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް މެމްބަރުންގެ މާޔޫސްކަން ފިލުވައި ދިވެހިންގެ ރާއްޖެ ދިވެހިން އެދޭ މަގަށް ރައީސް މުއިއްޒު އާއި ޕީއެންސީއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެވޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭނާ ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުންނާއި ޕާޓީގެ މެމްބަރުން އިސްތިއުފާ ދެއްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: