ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ގިރިއަށް އަރައި ދިޔަވަމުންދާއިރު, އަދާލަތު ޕާޓީ އޮތީ ފޫނެތްފަޔަށް ފެންފުރުމުގައި: ހިސްޓޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގިރިއަށް އަރައި ފަށަން ފޫގޮސް ދިޔަވަމުންދާއިރު، އަދާލަތު ޕާޓީގެ މުރަނގަ ގަސްދޮށު މާލިމީންތައް ތިބީ ހޭބޯނާރާ ފޫނެތްފަޔަށް ފެންފުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ޝިފާޤް މުފީދު މިހެން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

އިމްރާންގެ ޓުވީޓުގައި ވަނީ ގައުމުގެ ހާލަތު ރަނގަޅުވާނީވެސް ނުވަތަ ނުބައި ވާނީވެސް އެބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރަމުންކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަގީގަތުގައި އެކަންތައްތައް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކޮންބަޔަކުތޯ އިމްރާން ވަނީ ސުވާލުކުރައްވާފައެވެ.

އިމްރާން މިފަދައިން ވިދާޅުވުމާއި ގުޅިގެން ޝިފާގު މުފީދު ކުރެއްވި ޓުވީޓުގައި ވަނީ އަލަމްގިރި ނަމަކަށް ކިޔާ ބިދޭސީއަކާއިއެކު ސަރުކާރު މުއައްސަސާތަކުގެ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ވާހަކައަށް އިޝާރާތްކޮށް، އަދާލަތު ޕާޓީން ތިބީ ފަށަން ފޫގޮސް ދިޔަވަމުންދާއިރުވެސް ހޭބޯނާރާ ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅުގައި ފޫނެތްފަޔަށް ފެންފުރުމަށްކަމަށް ވިދާޅުވެފައެވެ. ޓުވީޓުގައި އަދާލަތު ޕާޓީގެ މެންބަރުންނަށް ޝިފާގު މުހާތަބުކުރައްވާފައިވަނީ މުރަނގަ ގަސްދޮށު މާލިމީންތަކެއްކަމުގައި ވިދާޅުވެއެވެ.

ދިވެހިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމާއި ދީނަށް ފުށޫއަރާ ކަންތައްތައް އާންމުވެފައިވާއިރު، އެފަދަ ފަރާތްތަކާއިމެދު ގާނޫނުގެ ދަށުން އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީވެސް އިމްރާން އަބްދުﷲ އަށެވެ. އެގޮތުން މިފަދަ ކަންކަން އާންމުވެ ފަޝަނަކަށް ބަދަލުވެގެންދިޔައީ ކަމާއި ބެހޭ ވަޒީރަކަށް އިމްރާން ހުންނަވަނިކޮށްކަމަށް ގިނަ ބަޔަކު އައީ ފާހަގަކުރަމުންނެވެ. އިމްރާނަކީ ފުލުހުންގެ މުއައްސަސާ އަދި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކެއްގެ ބަލަދުވެރި ވަޒީރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރާއްޖޭގާ ދީންވެރިކަމަށް ހެދިގެން ސިޔާސީ ޕާރޓީތަކުގާ އެއުޅެނީ ހުސް މުނާފިގުން، ފައިސާޔަށް ދީން ވިއްކާ ގިރޫޕު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: