ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ދަރަނިވެރި ކުރުވީީ ގާސިމްގެ ހިއްސާ އޮވެގެން: ހިސްޓޯ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު ( ހިސްޓޯ)/ ފޮޓޯ:- އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ އިގްތިސާދު ފުޑުފުޑުވުމުގައި އާއި ގައުމު ދަރަނިވެރި ކުރުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހީމް ގެ ހިއްސާ އެބަ އޮތްކަމަށް ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ޝިފާގް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާގް މުފީދު ވިދާޅުވީ މި ސަރުކާރުން ހެއްދެވި ކޯލިޝަންގެ ކޭކުން އެންމެ ބޮޑު ޕޯޝަން ލިބުނީ ގާސިމް އިބްރާހީމް އަށް ކަމަށެވެ. އަދި ވިދާޅުވީ މިގޮތުން ދިވެހި ރާއްޖޭގެ އިގްތިސާދު ފުޑި، ގައުމު ދަރާ ދަރަނިވެރިވީ އަދި ރާއްޖޭގެ އިޖްތިމާއީ ފޭރާންވެސް އިރާލީ ގާސިމް އިބްރާހީމް އިބްރާހީމްގެ ހިއްސާ އޮވެގެންކަމަށެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ ދަރަނީގެ ސަބަބުން މާލީ ރިޒާވް ހުސްވެ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބަގުރޫޓުވެދާނެކަމުގެ އިންޒާރު ވަނީ ބައިނަލްއަގުވާމީ މާލީ ކަންކަމާއި ބެހޭ އިދާރާތްތަކުން ރާއްޖެއަށް ދީފައެވެ. އަދި އިގްތިސާދު ހީނަރުވެ ދަރަނި ނުދެއްކިދާނެކަމަށް ބުނެ ރާއްޖޭގެ މަޝްރަހުގައިވެސް ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ ޝިފާގް މުފީދު ފާހަގަކުރެއްވީ މިސަރުކާރުން ގައުމުގެ ބިންތައް ދެއްވީ ހަމައެކަނި ގާސިމް އިބްރާހީމް އަށް ނޫންކަމަށާއި ބޭރުގެ ކަރަ ކަރައަށްވެސް ދިންކަމަށެވެ. އަދި ވިދާޅުވީ މިފަދަ މަލާ ބާރުންނަށް ޖިޒީ ދީގެން އުޅޭ ހާލަތަށް ގައުމު ގޮއްސިކަމަށެވެ. މި ހުރިހާ ކަމެއްގެ ޒިންމާ ގާސިމް އިބްރާހީމް އާއި މަތިކުރައްވާ ޝިފާގް މުފީދު ވިދާޅުވީ މިއީ ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ދިން އަނިޔާކަމަށެވެ.

މިކަމުގެ ވާހަކަ ދިވެހި ރައްޔިތުން ދައްކާފާނެކަމަށް ޕީޕީއެމް ބައިބައި ކުރަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމަށް ޝިފާގް މުފީދު ފާހަގަކުރެެއްވި މި ދަނޑިވަޅުގައި ޖޭޕީ އަދި ޕީޕީއެމް އާއި ދެމެދު ދަނީ ބަހުސްތަކެއް ކުރެވި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ގާސިމް އިބްރާހީމް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯދުމަށްޓަކައި ޕީޕީއެމްގެ ލީޑާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުތައްވެސް ދަނީ ގާސިމް އިބްރާހީމްގެ މައްޗަށް ކުރެވެވުމުންނެވެ.

ގާސިމް އިބްރާހީމް އާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށްވެސް ލިބުނުކަމަށް ފާހަގަކުރައްވާ ޝިފާގް މުފީދު ވިދާޅުވީ އެބޭފުޅާގެ ގައުމީ ވިސްނުންތެރިކަން ނެތްކަން ހާމަވެގެންދިޔަކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއިއެކު މަސައްކަތް ކުރުމަށް އޭނާއަށް ލިބިވަޑައިގެން ފުރުސަތުގައި އެމަނިކުފާނުވެސް ގާސިމްގެ ކަންކަން ހުރި ގޮތް ކިޔާދެއްވިކަމަށް ޝިފާގް މުފީދު ވިދާޅުވިއެވެ. އަދި ގާސިމާއި ރައީސް ނަޝީދު ދުރުވާނެ ޖެހުނު ސަބަބަކީ މިއީކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާގް މުފީދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަރު ނެތިގެން ގާސިމް އެއުޅުއްވަނީ ބިމާއި ފަޅާއި އެމަނިކުފާނު ބޭނުންވެލައްވާހާ އެއްޗެއް ދެއްވާތީކަމަށާއި ރައީސް ޔާމީން އާއި އޮތް ގުޅުން ހީނަރުވެގެން ދިޔައީ މިފަދައިން ކަނޑާއި ފަޅާއި ބިމާއި ނުދެއްވާތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: