ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކުރި 17 އަހަރުގެ ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޖުވެނައިލް ކޯޓުން  މީގެ ކުރިން ވަނީ އެ މައްސަލައިގައި ހިމެނޭ 17 އަހަރުގެ ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ލ ގަން ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާން، މ ދިމިޝްގު އުސްމާން ޝަރީފްގެ އިތުރުން ތ ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ސާޒު ޖުނައިދު އާއި މަހުފޫޒް އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާއިރު، އަފްރާހް އާއި ޒަޔާން އަދި އުސްމާންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

މި މައްސަލައިގައި އޭރު 17 އަހަރުގެ ކުޑަކުއްޖާ އަށް މިހާރު 20 އަހަރު ފުރިފައިވާއިރު ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުންނާއި އެ މައްސަލައިގައި ހުށައަޅާފައިވާ ހެކިގަރީނާ ތަކަށް ބަލައި ހާދިސާ ހިނގި ވަގުތު އެކުއްޖާ އެތަނުގައި ހުރިކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް މީގެ ކުރިން ޖުވެނައިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: