ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރު: ތުހުމަތު ކުރެވޭ ހަތް މީހުން ވެސް މިނިވަންވި މައްސަލަ އިސްތިއުނާފު ކުރަނީ!

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ލިޓަސް ސާބިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުލަތުން ދައުވާ އުފުލާފައި ތިބި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރެލްގެ އޮފީހުން ބުނެފި އެވެ.

ޝަރީއަތް ވެސް ނިމުނުތާ، އަހަރަކާ ގާތްވެފައި ވަނިކޮށް އިއްޔެ މައްސަލައިގައި ކުރި ހުކުމުގައި ހަތް މީހަކު ވަނީ ކޯޓުން ސަލާމަތްވެފަ އެވެ. އެކަމާ ގުޅޭގޮތުން މިއަދު ޕީޖީ އޮފީހުން މީޑިއާތަކަށް ބުނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ލިބިފައި ނުވާކަމަށެވެ. އަދި ރިޕޯޓު ލިބުމާއި އެކު މައްސަލަ ދިރާސާ ކުރުމަށް ފަހު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ޕީޖީން މައުލޫމާތު ދިނެވެ.

2017  ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މައްސަލައިގައި އިއްޔެ ދަށު ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ހުކުމުގައި ބުނެފައި ވަނީ ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ކުށުގެ ތުހުމަތުގައި ތިބި މީހުންކަން ކަށަވަރު ކުރުމުގެ އިތުރު އެއްވެސް ހެއްކެއް ނުވަތަ އެއްއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އެއާއި އެކު ސިއްރު ހެކިންގެ، ހެކި ބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ނުވަތަ އެ އަމަލު ހިންގީ އެ މީހުންކަމަށް ޝަރީއަތަށް ސާބިތު ކުރެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ކޯލް ޑީޓެއިލްތަކުގެ ޗާޓު ހުށަހަޅާފައިވީ ނަމަވެސް، އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ނެތް ހެއްކެއް ކަމަށެވެ.

ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްތެރިކަން ހޯދުމަށް އަނަސް ދުވެފައި އައިސް ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އަދި އެ މީހުން އަނަސްއަށް ހަމަލާ ދިނީ އެ ސެންޓަ ރުތެރޭގައެވެ. އެ މީހުން އަނަސްއަށް ހަމަލާ ދީ ދުވެ ފިލާފައި ވަނީ އަނަސްގެ ގައިގެ 24 ތަނަކަށް ވަޅި ޖެހުމަށް ފަހުއެވެ.

މި މައްސަލައިގައި ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރާއިރު، އަނަސްގެ މަރާއި ގުޅިގެން ޢާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ޙަމަލާދީފައިވެއެވެ. ލިޓަސް ސަވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސް އަށް ޙަމަލާދިން އެންމެން ވެސް ތިބީ މޫނު ފޮރުވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: