ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއެލް ބަހުގެ ހިދުމަތުގައި ބޭނުން ކުރުމަށް ކަރުދާސް ޓިކެޓް ތައާރަފްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އައްޑޫ އާއި ފުވައްމުލަކާއި ލާމު އަތޮޅުގައި ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް ކަރުދާސް ޓިކެޓް ވިއްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކަރުދާސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ މާލެ ނޫން އެހެން ރަށްރަށުގައެވެ.

އެމްޓީސީސީ އިން ބުނީ މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަރުދާސް ޓިކެޓް ލިބެނޭ ކަމަށެވެ. ކަރުދާސް ޓިކެޓާއި އެކު އާރުޓީއެލްގެ ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކުރިއެކޭ އެއްފަދައިން ކިޔުއާރު ޓިކެޓް ވެސް ބޭނުން ކުރެވޭނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ކަރުދާސް ޓިކެޓް ތައާރަފް ކުރެވުމާއެކު ބަހުން ކަރުދާސް ޓިކެޓް ގަނެގެން ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމާއެކު ހިދުމަތް ބޭނުން ކުރުމުގައި އިތުރު ލުއިފަސޭހަ ތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ކަރުދާސް ޓިކެޓް ވިއްކާނީ ބަސްތެރެއިން ކަމަށާއި ބަސް ޓާމިނަލް ތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ކަރުދާސް ބަސްޓިކެޓްގެ ފައިސާ ލާނެ ހާއްސަ ފޮއްޓެއް ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި ބަސްތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތުމާއެކު ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓްގެ ފައިސާ އަށް ހަރަދުވާ ރުފިޔާ ހަމަވާނެހެން ފައިސާ ގެންނެވުމަށް އެމްޓީސީސީ އިން ވަނީ އެދިފައެވެ.

ބަހުގައި ފައިސާ މާރުކުރަން ހަމަޖެހިފައިނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމާއި ބަހުގެ ޝެޑިއުލް އަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަރުދާސް ބަސް ޓިކެޓް ތައާރަފްކުރަނީ އިސް ރަށްވެހިންނަށް ފަސޭހައަކަށް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ކިޔުއާރު ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އެމްޓީސީސީގެ އާރުޓީއެލްގެ ޔޫޓިއުޓް ޗެނަލް އިން ނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާއިޢުކުރެވިފައިވާނެ ކަމަށާއި އާރުޓީއެލްގެ ޓްރެވެލް އެޕް  އެޕަލް ސްޓޯރުންނާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ކިޔުއާރް ޓިކެޓް ސްކޭންކުރުމަށް ބަހަށް އެރުމަށްފަހު ޓިކެޓް ވެލިޑޭޓް ކުރުމަށް ކަނޑައެޅިފައިވާ މެޝިނަށް ދައްކައިގެން ސްކޭންކޮށްލަން ޖެހޭނެއެވެ.

އާރުޓީއެލްގެ ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭ އިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދީފައިވާ ކަޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށާއި ޔުނިފޯރމް ގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިިލޭ ބަހުގައި ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: