ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ މާކެޓަށް އަންނަ ބަދަލުތަކުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ: އެސްޓީއޯ

އެސްޓީއޯ. ފޮޮޓޯޯ:އެެޑިިޝަންްއެެމްްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ތެޔޮ އުފައްދަމުންދާ މިިންވަރުތައް ދަށްކޮށްފައިވީނަމަވެސް، ދިވެހިރާއްޖެއަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެކަމަށް އެސްޓީއޯ ގެ މެނޭޖަރ އޮފް އެނާރޖީ އެންޑް ކޮންސްޓްރަކްޝަން މުހައްމަދު ޝުއައިބު އަހުމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ އޮޕެކް އިން، ތެޔޮ އުފައްދަމުންދާ މިންވަރުން ދުވާލަކު ދެ މިލިއަން ފީފާ މަދު ކުރުމަށް ނިންމުމާއި ގުޅިގެން، ތެލުގެ އަގުތައް އަރައިގެންގޮސް، ދުނިޔޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް މަޝްރަހު ދިރާސާ ކުރާ މާހިރުންނާއި، އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ޖޭން ޔެލެން ފަދަ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޮޕެކްގެ ނިންމުމާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެޔޮ ހޯދުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވެގެންދާނެތޯ ސަންގުޓީވީ އިން އެސްޓީއޯ އާއި ސުވާލު ކުރުމުން އެސްޓީއޯގެ މެނޭޖަރ އޮފް އެނާރޖީ އެންޑް ކޮންސްޓްރަކްޝަން މުހައްމަދު ޝުހައިބު އަހުމަދު ވިދާޅުވީ، ޔޫކްރެއިން ރަޝިއާ ހަނގުރާމަ އަދި ރަޝިއާއިން ތެޔޮ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، ޔޫރަޕުގެ ގައުމުތަކުންވެސް ތެޔޮ ހޯދާނީ އަރަބި ގައުމުތަކުން ކަމަށެވެ.

ޝުއައިބު ވިދާޅުވީ، އެކަމުގެ ސަބަބުން އެ ގައުމުތަކުން ދެމުންދާ ހިދުމަތްތަކަށް ބުރަވެގެންދާކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖެއިން ތެޔޮ ގަންނަނީ އެ ގައުމުތަކުގެ ސަރުކާރާއި ގުޅުން ހުރި ކުންފުނިތަކުން ކަމަށް ވުމުންނާއި، އެ ކުންފުނިތަކާއި ދެމެދު އެއްބަސްވުންތައް ގާއިމު ކުރެވިފައި ހުރުމުގެ ސަބަބުން ރާއްޖެއަށް، ތެލުގެ މާކެޓަށް އަރަމުންދާ ލޮޅުންތަކުގެ އެއްވެސް އަސަރެއް ނުފޯރާނެކަމަށެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެކި ގައުމުތަކަށް ދަތިތައް ކުރިމަތިވޭނެކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފައިވާތީ، ސަންގުޓީވީ އިންވަނީ ތެލުގެ މާކެޓަށް އަރަމުންދާ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ އަސަރުތަކެއް ކޮށްފާނެތޯ އަދި އެ އަސަރުތައް ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވޭތޯވެސް އެސްޓީއޯ އާއި ސުވާލުކޮށްފައެވެ.

ޝުއައިބު ވިދާޅުވީ، އޮޕެކްގެ ގައުމުތަކުން މިހާރުވެސް ތެޔޮ އުފައްދަމުންދަނީ ކަނޑައެޅިފައިވާ ކުއޯޓާއަށްވުރެން ދަށުންނެވެ. އަދި މިހާރުގެ ކުއޯޓާއިން ދެ މިލިއަން ފީފާ މަދު ކުރުމަށް ނިންމާފައިވީ ނަމަވެސް، ހަގީގަތުގައި އުފައްދަމުންދަނީ މަދުން ކަމަށްވުމުން، އުފައްދާ މިންވަރުން ދެ މިލިއަން ފީފާ މަދުވެގެން ނުދާނެކަމަށެވެ. އެހެންކަމުން ތެޔޮ އުފައްދަމުންދާ މިންވަރުތައް މަދު ކުރުމަށް ނިންމި ނިންމުމާއި ގުޅިގެން މާ ބޮޑު އަސަރުތަކެއް ފޯރާނެކަމަށް ގަބޫލު ނުކުރައްވާކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުއައިބުވަނީ ތެލުގެ މާކެޓު ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް އަލި އަޅުވާލައްވާފައެވެ. އެނާ ވިދާޅުވީ، ތެލުގެ އަގުތައް ބޮޑުވުމާއި އެކު ބޭރު ފައިސާ ހޯދަންޖެހޭ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އަދި ތެލުގެ އަގުތައް 100 އިންސައްތަ މައްޗަށް ގޮސްފައިވުމާއި އެކު، ބޭރު ފައިސާ ހޯދަންޖެހޭ މިންވަރު ދެ ގުނައަށް އިތުރުވެގެންދާނެކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: