ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗު ބަންޑުންޖަހާލި ހާދިސާ އާއި މަސްތުވާތަކެއްޗާއި ގުޅުމެއް ވޭތޯ ބަލަނީ!

މާޅޮސް ކައިރިން ފެނުނު ބަންޑުން ޖަހާލާފައި އޮތް ލޯންޗް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ މާޅުސް ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި މީހަކީ މަސްތުވާތަކެތީގެ ރިކޯޑް އޮތް މީހެއް ކަމަށާއި، ލޯންޗު ދަތުރާއި މަސްތުވާކެތީގެ މައްސަލައަކާ ގުޅުން އޮތްތޯ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ލޯންޗުން ދަތުރު ކުރަމުން ދިޔަ ދެމީހުންގެ ތެރެއިން ސަލާމަތްވި މީހާ ކަމަށްވާ އަލީ އަހްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެމީހުން ދިޔައީ މަސް ބާނަން ކަމަށް އަލީ އަހުމަދު ބުނި ނަމަވެސް، ލޯންޗުގައި ގިނަ އަދަދަކަށް ތެޔޮ ހުރުމުން އެކަމުގައި ޝައްކުތަކެއް ވަނީ އުފެދިފަ އެވެ.

ލޯންޗުގައި މަސްތުވާތަކެތި ނެތް ކަމަށާއި ނަމަވެސް އެ ދަތުރާއި މަސްތުވާތަކެއްޗާއި ގުޅުމެއްވޭތޯ ފުލުހުން ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި މަހުގެ 5 ވަނަ ދުވަހު ގެއްލުނު ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޅ ހިންނަވަރު ގުޑްލަކް އަލީ އަހްމަދު ނަމަކަށް ކިޔާ މީހަކު  ފެނިިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު އއ ފެރިދޫ ފުއްޓަރު ފަރާތުންނެވެ. އަދި އޭނާ އަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އެ ލޯންޗުން ގެއްލުނު ސ ހިތަދޫ މިންހާ މުހައްމަދު މިންހާޖު ހޯދުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. އެގޮތުން އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައިވަނީ 2000 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވައިގެ މަގުންނާއި 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން މިންހާޖު ފެނިފައި ނުވާތީ އެމްއެންޑީއެފާއި ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: