ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ “ހެއްޔާ މަކިޓާ މުބާރާތް 2022” ފަށައިފި

އެސްޓޯއޯ "ހެއްޔާ މަކިޓާ" ޕްރޮމޯޝަންގެ ތެރެއިން: ފޮޓޯ/ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން “ހެއްޔާ މަކިޓާ މުބާރާތް 2022” ގެ ނަމުގައި ފަންނުވެރިކަމަށް ހާއްސަ މުބާރާތެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނެފައިވާގޮތުން “ހެއްޔާ މަކިޓާ މުބާރާތް 2022” ގައި މަކިޓާ ޕަވަޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމުުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މި މުބާރާތަކީ ހެއްޔާ މަކިޓާ ޕްރޮމޯޝަން އާއި ގުޅުވައި އެއް މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މުބާރާތެކެވެ.

އެސްޓީއޯ އިން ހިންގަމުންދާ “ހެއްޔާ މަކިޓާ މުބާރާތް 2022” އަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވާ އެންމެހާ ފަރާތްތައްވެސް ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ހުށައަޅަން ޖެހޭނެކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

މި މުބާރާތުގެ އެއް ވަނަ އިނާމަކީ 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެކެވެ. އަދި ދެވަނަ އިނާމެއްގެ ގޮތުގައި 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ ކަނޑައަޅާފައިވާއިރު ތިން ވަނަ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 15،000ރ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ

މި މުބާރާތުގެ ގަވައިދުތަކަކީ:

ގާވާއިދު

  1. މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ.
  2. މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެންނެވެ.
  3. މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެއެވެ.
  4. މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށެވެ. ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެއެވެ.
  5. މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެއެވެ. (މި ވީޑިއޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖަހޭނެއެވެ)
  6. މި މުބާރާތުގެ ބައިވެރިން ހުށައަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗް ޑީ) އަށް ވުރެ ދައްވެގެންނުވާނެއެވެ.
  7. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 23 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށައަޅަންޖެހެނޭއެވެ.
  • ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް އިން ލިބޭނެއެވެ. މީގެ އިތުރުން އެސްޓީއޯ ވެބްސައިޓު mv އިން ވެސް ޑައުންލޯޑްކުރެވޭނެއެވެ.
  • ރަޖިސްޓްރޭޝަން ފޯމް ހުށައެޅޭނެ ގޮތްތަށް:
    • ވައިބާ: 7980240
    • އީމެއިލް: marketers@sto.mv
    • އެސްޓީޢޯ މަކީޓާ ޝޯރޫމް ކައުންޓަރަށް.
  1. މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއްމަސްދުވަހުގެ މުއްދަތެއް ލިބޭނެއެވެ. (25 އޮކްޓޫބަރ 2022 އިން 25 ނޮވެމްބަރ 2022 އަށް).
  2. އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 25 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު
    ހަވީރު 4 ޖަހެމުގެ ކުރިންނެވެ.
  3. ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވީޑިއޯ އެސްޓީއޯ ގެ ފޭސްބުކް އަށް އަޕްލޯޑް ކުރާނީ އެސްޓީއޯއިންނެވެ.
  4. ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރި ކުރެވެނީ އެންމެ އައިޓަމެކެވެ.
  5. މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ
  • ޖަޖުންގެ %70
  • އާމުންގެ %20 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު)
  • ހުށައަޅާ ވީޑިއޯ %10
  1. މަކިޓާ ބްރޭންޑް އިސްތިހާރު ކުރުމަށް، މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތައް އެސްޓީއޯ އިން ބޭނުންކުރެވޭނެއެވެ.
  2. މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެއެވެ. އެހެންފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރެވޭނެއެވެ. އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެހުށައެޅި ފަރާތުންނެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ފލކ އެއްވެސް މުވައްޒަފަކަށް މިމުބާރާތުގައި ބައިވެރި އެއް ނުވެވޭނެއެވެ.

އެސްޓީއޯ އިން ބުނެފައިވާގޮތުން މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ވަޑާމުގެ މަސައްކަތުގެ ތެރެއަށް ރައްޔިތުން އަހުލުވެރިކޮށް މުޖުތަމައުގެ ތެރެއަށް ގިނަ ފަންނުވެރިންތަކެއް ނެރުމެވެ. އަދި މަސައްކަތްތެރިންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް ހިމެނޭ ކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: