ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ރައްދު ރައީސް ޔާމީނަށް: މި ވެރިކަން ނިމޭއިރު ރައްޔިތުންނަށް ވާންޖެހޭ އިތުރު ވައުދެއް ނޯންނާނެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމޭއިރު ރަށްރަށަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމުކުރެވިފައި ހުންނާނެކަމަށާއި، އިތުރަށް ވައުދުވާންޖެހޭނެކަމެއް ނޯންނާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި މި ސަރުކާރުގެ މަޝްރޫއުތައް ހިމެނޭތީ އެކަމާއިމެދު ސަރުކާރުން ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

ރައީސް ޔާމީން ގިނަ ވާހަކަތަކެއް ދައްކަވައިފިކަމަށާއި، ކޮންމެ ވާހަކައަކަށް އެއްޗެއް ދަންނަވަން ދަތިކަމަށް ފާހަގަކޮށް، ތަރުޖަމާނު ވިދާޅުވީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ކުރައްވަން ވައުދުވި ގިނަ ކަންތައްތަކުގެ މަސައްކަތް މިހާރު ހުރީ މި ސަރުކާރުގެ ތެރޭގައު ގާތްގަނޑަކަށް ނިންމާފައިކަމާށެވެ.

އިހަވަންދޫއަށް ވަޑައިގެން މިސާލަކަށް ދެއްކެވި ވާހަކަފުޅުގައި، އިހަވަންދޫގެ އައިސްޕްލާންޓާއި ބަނދަރުގެ ވާހަކަވެސް ފާހަގަކުރެއްވި ދެވަނަ ދައުރެއްގަ އެކަންކަން ކުރައްވާނެކަމަށް ވިދާޅުވި، އެކަންކަން އެއޮތީހަމަ އެއްކޮށް ނިމިފަ

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ޖަލްސާތަކަށް ފާޑުކިޔުން އަމާޒުކުރައްވައި މިއުވާން ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެރިކަމުގެ ދައުރުގެ ތެރޭގައި ފުރިހަމަކޮށްނުދެއްވާ، މާލެއަށް ކޮށްދިން ކަންތައްތައް ރަމްޒުކޮށްދޭ ބެކްޑްރޮޕެއްގައި ހުންނަވާ ރަށްރަށުގެ ތަރައްގީ އާއި ގުޅޭ ވައުދުތައްވީ ނަމަވެސް، އެކަން ރައްޔިތުން ގަބޫލުނުކުރާނެކަމަށެވެ.

ރަށްރަށުން ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ އަސާސީ ހިދުމަތްތަކެއް ހުންނާނީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުނިމޭއިރު ގާއިމުކުރެވިފައިކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، ރަށްރަށަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދެއްވާނަންކަމަށް ނުވަތަ ބަނދަރު ތަރައްގީކޮށްދެއްވުންފަދަ ވައުދުތައް އެބޭފުޅުން ވާން ނުޖެހޭނެކަމަށެވެ. އަދި އަސާސީ ބޭސް ފަރުވާގެ ހިދުމަތްތައްފަދަ ހިދުމަތްތައް މި ސަރުކާރު ނިމިގެން ދިއުމުގެ ކުރިން ރަށްރަށުގައި ގާއިމްކުރައްވާނަންކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން މިފަދައިން ވިދާޅުވީއިރު، ރައީސް ޔާމީން ވަނީ އެމަނިކުފާނު ދެއްވާ ސްޕީޗުތަކުގައި ސަރުކާރުން ރައްޔިތުންގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށް އިހުމާލުވެފައިވާކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ އެ ހުރިހާ މައްސަލަތަކަކަށް ހައްލު ހޯދައިދެއްވާންނަކަމަށް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި މަސްވެރިންގެ ހައްގުތަކާއި، ރަށްރަށަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިމެނެއެވެ. އަދި އެމަނިކުފާނު 2023 އަށް ތައްޔާރުކުރައްވާ މެނިފެސްޓޯގައި އެންމެ އިސްކަމެއްދެއްވާނީ ޒުވާނުންނަށްކަމަށް ރައީސް ޔާމީން ފާހަގަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: