ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ވެރިން ވެސް ސަރުކާރު ނުހިންގުމުން އިސްތިއުފާ ދޭ، ރައީސް ވެސް ދޭން ޖެހޭ: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

އިންގިރޭސި ބޮޑުވަޒީރު ލިސް ޓްރަސް އިސްތިއުފާ ދެއްވި އުސޫލުގެ މަތިން، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް އިސްތިއުފާދެއްވަންވީކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ މަލީހު ވިދާޅުވީ، އިންގިރޭސި ވިލާތުގެ އަލަށް އައްޔަނު ކުރެވުނު ބޮޑު ވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވި، އެނާގެ ކިބައިގައި އެ މަގާމު އަދާކުރެއްވުމުގެ ”ފެންވަރު“ ނެތުމުންކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވެރިކަމުން އިސްތިއުފާދެއްވީ، އެ މަގާމު އަދާކުރެއްވުމުގެ ގާބިލުކަން ނެތުމުންކަމަށް އެނާ ސިފަކުރެއްވިއެވެ.

މަލީހު ވިދާޅުވީ، ރައީސް ސާލިހު ކުރައްވަނީ ވާނުވާ ވެރިކަމެއް ކަމަށެވެ. އަދި އެފަދަ އުސޫލެއްގެ ދަށުން ވެރިކަން ކުރަމުންދާތާ 4 އަހަރު ވެގެންގޮސްފައިވާކަމަށާއި، އެ މަނިކުފާނަށް ރަނގަޅު އުސޫލެއްގެ ދަށުން ވެރިކަން ނުކުރެއްވޭ ނަމަ، އިންގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަން ކުރެއްވި ގޮތުން މިސާލު ނަންގަވައި، އިސްތިއުފާދެއްވުން މޮޅު ކަމަށް އެނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް ރައީސް ސާލިހު އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒު ކުރައްވާފައިވާ މަލީހުވަނީ އިތުރު ކަންކަންވެސް ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ރައްޔިތުންގެ ބެންކުން އެކައުންޓުން ފައިސާ ގެއްލުން ފަދަ ކަންކަން ވަމުންދާކަމަށް އިޝާރާތްކުރައްވާ މަލީހުވަނީ، ރާއްޖޭގައި ސައިބަރ ކްރައިމްސް ރެކޯޑު އަދަދަކަށް އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ.

އެނާ ވިދާޅުވީ، ސައިބަރ ކްރައިމްސްގެ ސަބަބުން ރައްޔިތުންނަށް ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަމަށެވެ. އަދި އެކަމާއި އަޅާލާނެ ސަރުކާރުގެ އިދާރާއެއް ނެތްކަމަށާއި، ރައީސް ސާލިހުގެ ސަރުކާރަށް ޒަމާނީ ވަސީލަތްތަކަށްވުރެ މުހިންމުވެފައިވަނީ ކުނި ކަމަށް ފާހަގަކުރައްވާ އެނާ ވަނީ މި ސަރުކާރު ”ތަރަހައިން ކައްސާލާފައިވާ“ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: