ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަންނަ ހަފްތާގައި ނ. އަތޮޅުގެ ރަށްތަކަށް!

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ ކުރިޔަށް ގެންދިޔަ، އިންޑިއާ އައުޓްގެ ހަރަކާތަށް ހުއްޓުމެއް އައި ފަހުން ރައީސް ޔާމީންގެ ދަތުރުތަކަށް ވެސް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. އަދި ދަތުރުތައް ހުއްޓުނު ސަބަބުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ދައުވާތަކުގެ ޝަރީއަތްތައް ކައިރިކައިރީގައި ތާވަލު ކުރުން ވެސް ހިމެނެ އެވެ. ނަމަވެސް އަނެއްކާވެސް ދަތުރުތައް ފައްޓަވައި ރައީސް ޔާމީން ވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހއ. އަތޮޅު އަދި ކުޑަހުވަދޫއަށް ދަތުރު ކުރައްވާފަ އެވެ.

މިއީ ރައްޔިތުންގެ ހާލަތު ގާތުން ދެނެގަނެ، ޕާޓީން މެނިފެސްޓޯ އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއްކަމަށް އިދިކޮޅުން މައުލޫމާތު ދެ އެވެ.

ހއ. އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީނާއި ޕާޓީގެ ލީޑާޝިޕް އަންނަ އަންގާރަ ދުވަހު ނ. އަތޮޅަށް ވަޑައިގަންނަވާނެކަން ޕީޕީއެމްއިން މީޑިއާތަކަށް މައުލޫމާތު ދެ އެވެ.

މީގެއިތުރުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން އައްޑުއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ޕީޕީއެމްއިން ބުނީ އެ ދަތުރުތަކާއި ބެހޭ ތަފްސީލު އަދި ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

މި މަހުގެ 25 ވަނަ ދުވަހު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ޕާޓީއަށް ތާއީދު ކުރާ މެމްބަރުންނާއި ރައީސް ޔާމީން ބައްދަލު ކުރައްވާނެކަމަށް ވެސް ޕީޕީއެމްއިން ވަނީ މައުލޫމާތު ދީފަ އެވެ. ބެލެވޭ ގޮތުގައި މި ދަތުރު އޮންނާނީ އަންނަ މަހުގެ 09 ގައި ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބަށް ފަހު އެވެ.

ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިގެން ދިޔައީ، އެމަނިކުފާނާއި ރިޔާސީ ޓިކެޓު ހަވާލުކޮށް ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ވަގުތެއްގަ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ މެމްބަރުން ވެސް ދަނީ އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: