ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސް މައްސަލައިގައި ގާސިމް ސަރުކާރާއި ދެކޮޅު؛ ތި ދައްކަވާ ވާހަކައިގެ އުރަތްޕެއްނެ ނެތް: ޓޮމް

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެމްބަރު (ޓޮމް) ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބަލައިގަތުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކުރުމާ ގުޅިގެން، އެކަމާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެކޮޅުވުމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު އެބޭފުޅާއަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޗާގޮސް މައްސަލައިގައި ގާސިމް ވެސް ވަނީ ސަރުކާރުގެ ސްޓޭންޓު ބަދަލު ކުރުން ބަލައިނުގަންނަކަން ފާހަގަކޮށް ޓުވީޓެއް ކުރައްވާފަ އެވެ. ގާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އިން ވަކި ކުރި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބެން ޖެހޭ އެއްވެސް ހައްގެއް، އަދި ނެގެން އޮތް ފައިދާއެއްވެސް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭ ހިނދުގައި އެެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމަށް އޭނާ ވަނީ ފާޑުވިދާޅުވިއެވެ.

ގާސިމަށް ރައްދު ދީ ތާރިގު ވިދާޅުވީ ޗާގޯސް މައްސަލައިގައި ގާސިމްގެ ހިޔާލަށް ޝުކުރު އަދާ ކުރާކަމަށެވެ. ނަމަވެސް އެއީ އޭނާގެ ޒިންމާ އެއްކޮށް ފުރިހަމަވީ ނޫންކަމަށް ބުނެ ތޯރިގު ގޮވާލީ، ގައުމާއި ދީނުގެ ހައްގުގައި ކޯލިޝަނުން ވަކިވުމަށެވެ. ނޫންނަމަ އެދައްކަވާ ވާހަކަ އެއްވެސް ބަރުދަނެއް ނެތްކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ތާރިގު ވަނީ މި މައްސަލައިގެ ތެރެއަށް އިންޑީއާގެ ނުފޫޒު ހިގާކަމަށް ވިދާޅުވެފަ އެވެ. އދ މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ހޯދައިދިނީ އިންޑިޔާކަމުން، އޭގެ ބަދަލުގޮތުގައި ދިވެހި މަސްކަނޑުން ބައެއް އިންޑިޔާގެ ބާރުދަށުގައި އޮތް މޮރިޝަޝްއަށް ދޫކޮށްލުމަށް ނިންމީކަމަށް ތާރިގު ވަނީ ތުހުމަތުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: