ހަގީގަތުގައި އިސްތިއުމާރުވެފައި އޮތީ ރާއްޖެއިން ސަރަހައްދެއް ކަމަށާއި، މޮރިޝަސްގެ ބައެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް އަށް ހުށައަޅާފައިވާ މައްސަލައިގައި ސަރުކާރުން އަމަލުކުރަން ނިންމާފައިވާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެ އުފެދިފައިވާ މައްސަލައިގައި، އިބްރާހިމް ރަޝީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ، ޗާގޮސްގެ ޑިކޮލޮނައިޒޭޝަން މައްސަލައިގައި މޮރިޝަސް އާއި އެއް ކޮޅަށް ވޯޓު ދިނުމަކީ، ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދުން އިސްތިއުމާރު ކުރެވިފައިވާ އަތޮޅު ތަކެއް ނޫންކަމަށް އެއްބަސްވުންކަމަށެވެ. އަދި ހަގީގަތުގައި އިސްތިއުމާރު ކުރެވިފައިވަނީ ރާއްޖޭގެ ސަރަހައްދެއްކަމަށް އެނާ ވިދާޅުވިއެވެ.
ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި މޮރިސަސް އާއި އެއްކޮޅަށް ވޯޓު ދިނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދުން އިސްތިއުމާރު ކުރެވިފައިވާ އަތޮޅު ތަކެއް ނޫންކަމަށް އެއް ބަސްވުން .
ހަގީގަތުގައި އިސްތިއުމާރު ވެފައި އޮތީ ރާއްޖޭގެ ސަރަހައްދެއް .މޮރިސަސްގެ ބައެއްނޫން! https://t.co/ipBsPTQfjL pic.twitter.com/U0v1eFnl5c— Ibrahim Rasheed (@BondeM4) October 23, 2022
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރާއި ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދު ކުރަން ނިންމުމާއި، ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭ ގޮތުން އައިޓޯލްސްގައި ކުރިއަށް ދާ މައްސަލަ އެއީ ދެކަމެއް ކަމަށް ރައީސް އޮފީހުން ބުނުމާއި ގުޅިގެން، އިބްރާހިމް ރަޝީދު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީބާރު އޮންނާނެ ކަމަށް އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން އެކަމަށް ތާއީދުކޮށްގެންނުވާނެ . ފޯޅަވައްސަކީ ރާއްޖޭގެ އަތޮޅުތަކެއް ނޫން ކަމަށް އިއުތިރާފްވެ ދޫކޮށްލަން ނިންމަންވާނީ ދިވެހިންގެ ރުހުން ހޯދައިގެން ފެންނަ ނުފެންނަ އާންމު ވޯޓަކުން https://t.co/LXQXtsDlXa
— Ibrahim Rasheed (@BondeM4) October 23, 2022
އެނާ ވިދާޅުވީ ޗާގޯސްގެ މައްޗަށް މޮރިޝާސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް އައިސީޖޭއިން ބުނެފައިވާ ބުނުމަށް ތާއީދުކޮށްގެން ނުވާނެކަމަށެވެ. އަދި ފޯޅަވައްސަކީ ރާއްޖޭގެ އަތޮޅުތަކެއް ނޫންކަމަށް އިއުތިރާފްވެ ދޫކޮށްލަން ނިންމަންވާނީ ދިވެހިންގެ ރުހުން ހޯދައިގެން ފެންނަ ނުފެންނަ އާންމު ވޯޓަކުންކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

