ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިއުލް ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދެނީ 5 އިންސައްތަ!

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

ފިއުލް ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދެނީ އިމްޕޯޓް ޑިއުޓީއަށް ޖެހޭ މިންވަރުކަމަށްވާ 5 އިންސައްތަކަމަށް ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެެވެ.

މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރުގެ އަރިހުން  ފާއިތުވި 3 އަހަރު ސަބްސިޑީގެ ގޮތުގައި ތެލުގެ އަގަށް ދައުލަތުގެ ބަޖެޓުން ހޭދަވެފައިވާ މިންވަރު ވަކިވަކިން އެނގޭނެގޮތަށް ތަފްސީލުކޮށްދެއްވުމަށް އެދިފައެވެ.

ސަބްސިޑީގެ ގޮތުގައި ކަޅުބިލަމަހާއި ކަންނެލި މަސްވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އެހެނިހެން މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީދީފައިވާ ނަމަ ތެލުގެ އަގަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ފައިސާގެ ޢަދަދު ވަކިވަކިން އެނގޭނެގޮތަށް ތަފްސީލުކޮށްދެއްވުމަށާއި އަދި ތެލުގެ ސަބްސިޑީޒް ފޯރުކޮށްދެނީ ކޮންފަރާތެއް މެދުވެރިކޮށްތޯ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 3 އަހަރުން ދައުލަތުގެ ބަޖެޓުން މަސްވެރިންގެ ފިއުލް ސަބްސިޑީއަށް 2019 ވަނަ އަހަރު 167،280 ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. 2020 ވަނަ އަހަރު ހަރަދުކޮށްފައިވަނީ 1،323،686 ރުފިޔާއެވެ. މީގެއިތުރުން 2021 ވަނަ އަހަރު ހަރަދުކޮށްފައިވަނީ 1،323،480 ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސަބްސިޑީ ދެނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މެދުވެރިކޮށްކަމަށެވެ. އަދި މަސްވެރިން ފިއުލް ގަތުމަށްފަހު މިނިސްޓްރީގައި އެދުމުން ފިއުލްއަށް ކުރި ހަރަދުގެ ތެރެއިން އިމްޕޯޓް ޑިއުޓީއަށް ޖެހޭ މިންވަރުކަމަށްވާ 5 އިންސައްތަ މިނިސްޓްރީ މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮއްދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: