ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެ އުޅުމުގެ މިނިވަންކަން އަދިވެސް އޮތީ ހިފެހެއްޓިފައި: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެ އުޅުމުގެ މިނިވަންކަން އަދިވެސް އޮތީ ހިފެހެއްޓިފައިކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މާލޭގައި އެއްވެ އުޅޭނެ ތަނެއް ނެތް ކަމަށެވެ.

މާލޭގައި އެއްވެ އުޅުން މަނާ. ގާނޫނީ ގޮތުން އެކަން އޮތީ މަނާކުރެވިފައި. މިދިޔަ ސަރުކާރުގައި ފާސްކޮށްފައި އޮތް ގާނޫނެއް. އެގާނޫނު އިސްލާހު ކުރާނެ މީހަކު އިސްލާހު ކުރުމުގެ އެ ސިޔާސީ ހިތްވަރެއްހުރި ޕޮލިޓިކަލް ވިލް އެއް މިސަރުކާރަކު ނެތް. މިހާރުވެސް އެކަމާއި ގުޅިގެން ހުށައަޅާފައި އޮތް ބިލު ނުވަތަ ހުށައަޅާފައި އޮތް އިސްލާހު އެއޮތީ ކޮމިޓީއެއްގައި އެއޮތީ ބާއްވާލާފައި. އެހެންވީމަ އިހްލާސްތެރިކަމާއެކީގައި މިކަންކުރަން މި މިނިވަންކަން ރައްޔިތުންނަށް ދޭން މިސަރުކާރުން ބޭނުންނުވާކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. ދެން ހަމަ މިއާ ވިއްދައިގެން ބުނާނެ ވާހަކައަކީ އިތުރު ދައުރެއް ދޭށޭ. އޭރުން މި އަންޕޮޕިއުލަރ ހުރިހާ ޑިޒިޝަންސް ތަކެއް ތިމަންނާ މެންނަށް ނެގޭނެއޭ. އެއްވެ އުޅުމުގެ މިނިވަންކަންވެސް ދޭންޖެހިއްޖިއްޔާ ދެވޭނެއޭ، ހިފައްޓަން ވެއްޖިއްޔާ ހިފެހެއްޓޭނެއޭ.

އަލީ ހުސެއިން ވިދާޅުވީ އިހުލާސްތެރިކަމާއި ހެޔޮ ނިޔަތް އޮތްކަން ދެއްކުމަށްޓަކައި ފަސްއަހަރަކީ ކުރުމުއްދަތެއް ނޫން ކަމަށެވެ.

އިހުލާސްތެރިކަމާއެކީގައި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހައްގުތައް، އަސާސީ މިނިވަންކަން ދިނުމުގެ އިހްލާސްތެރި ނިޔަތް އޮތްކަން ސާބިތުކޮށްދޭން ފަސްއަހަރަކީ ކުރުމުއްދަތެއްނޫން އިއްޒަތްތެރި ރައީސް. ހަތަރު އަހަރު މިވަނީ އެއްވެ އުޅުމުގެ މިނިވަންކަން އަދިވެސް އޮތީ ހިފެހެއްޓިފައި. އަޅުގަނޑު މިއަދު ގޮވާލަން ދިވެހި ސަރުކާރަށް މާލެއަކީ އެއްވެ އުޅޭ ތަނެއްގެ ގޮތުގައި ހައްދަވާ ދެއްވާށޭ. ވަރަށް އަވަހަށް އެކަން ކޮށްދޭށޭ.

އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީ އިން ލިބިދޭ ހައްގެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެހެންކަމުން ކުރިން ހުއްދަ ނަގައިގެން ކާނިވާ ސަރަހައްދަށް އެއްވެވޭ ގޮތަށް އޮތް އޮތުން، ބަދަލުކޮށްދިނުމަށް އަލީ ހުސެއިން ސަރުކާރަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވީ އިހުލާސްތެރި ކަމާއިއެކު ކަންކަން ކޮށްދޭން ބޭނުންވާ ބަޔަކަށް ފަސް އަހަރަކީ ކުޑަ މުއްދަތެއް ނޫން ކަމަށާއި ނަމަވެސް މި ވެރިކަމަށް ހަތަރު އަހަރު ވެގެން ދިޔައިރުވެސް އެކަން ކުރެވިފައި ނެތްކަން އަލީ ހުސެއިން ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: