ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރިޔާސަތުން ވަކިކުރެވޭނެ ހިތްވަރު އެމްޑީޕީ އަކު މިހާރަކު ނެތް: އާދަމް ޝަރީފް

މައްސަލަ މަޖިލީހަށް ހުށައެޅުއްވި އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކި ކުރެވޭނެ ހިތްވަރު މިހާރު އެމްޑީޕީގައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވަނިކޮށް ކުރިން މަޖިލީހުގައި ޖެހި ސަކަރާތް މިހާރު ނުޖެހޭނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދު ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަނީ ގެއްލިފައި ކަމަށާއި އެކަން ހާމަވެގެންދަނީ ސަރުކާރުން ހުށައަޅާފައި އޮތް ގޮތަށް ތްރީލައިން ވިޕެއް ނެރެގެން މަޖިލީހުގައި ޖީއެސްޓީ ނެގުމާއި ބެހޭގޮތުން އޮތް ކޮމިޓީ ނިންމާލެވިދާނެ ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް މިއަދު އެކަން އެހެން ނުވި ކަމަށާއި އޭގެން އަންގައިދެނީ މިއަދު ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިނެތް ކަމެވެ.

އާދަމް ޝަރީފް ވިދާޅުވީ  މިއަދު ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެމަންޒަރު ރައްޔިތުންނަށް ބޮޑަށް ސާފުވެގެންދާނެ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހު މިބަދަލުވެގެންދާގޮތުން ކުރަން ކިތަންމެ ވަރަށް ބޭނުންވި ކަމުގައިވިޔަސްވެސް، މި މަޖިލިސްގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވަނިކޮށް އަޅުގަނޑަކަށް ހިއެއްނުވޭ ދެނެއް ކުރިންޖެހި ސަކަރާތް މިތަނުގައި ޖެހިދާނެ ހެންނެއް. އަޅުގަނޑަކަމަށް ގަބޫލެއްނުކުރެވޭ. ހަމަ ކޮންމެ ބިލެއް ހުށައެޅީމަ ދެނެއް މިތަނަކުންނެއް ރަބަރ ސްޓޭމްޕް ސަރުކާރަށް ޖެހިދާނެ ހެނެއް ހިއެއް ނުވޭ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބޭނުންވާހާ ގޮތަށް ދެނެއް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: