ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާ އާއި ސައީދު އެމްޑީޕީ މެމްބަރުންނަށް ބިރުދައްކާ: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މަޖިލިސް މެމްބަރުނަށް ބިރުދައްކަމުންދާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ވަޒީފާގެ ބިރާއްި އެހެނިހެން ކަންތައްތަކުގައި ރޮޒެއިނާ އާއި ސައީދު ގެންދަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރު ދައްކަމުން ކަމަށެވެ.

މަޖިލީހުގެ މެމްބަރުން ވަކިން ތިބޭ ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެ ގްރޫޕްގައި ރޮޒެއިނާ އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތު އިބްރާހިމް ރަޝީދު ވަނީ ކުރައްވާފައެވެ.

އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރުވާ ކަމެއް މެމްބަރުންނަށް ބިރު އެބަ ދައްކާ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކި ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެ ގްރޫޕްގައި އިސްކޮށް އިންނަނީ ފެނަކަ ސައީދު ކަމަށް ވަނީ. ދެން ރޮޒައިނާ. ސައީދާއި ރޮޒެއިނާ އެބަ ބިރު ދައްކާ އަޅުގަނޑުމެންގެ މެމްބަރުންނަށް. ދާއިރާގެ ވަޒީފާތަކެއްވެސް ނުދޭނަމޭ، ކަނޑާލާނަމޭ، އިންޖީނުގެވެސް ނާޅާދޭނަމޭ!

އިބްރާހިމް ރަޝީދު އިތުރަށް ވިދާޅުވި ގޮތުގައި އެފަދައިން ކަންތައް ކުރުމުން ޕާޓީ ބަދުނާމުވެ ޕާޓީގެ ހަމަތައް ގެއްލިގެން ދާ ކަމަށާއި އެކަމުން ބަދުނާމުވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެވެ.

އެމްޑީޕީގެ ތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާ ތަކަށް މީހުން ހޮވުމުގައި ވަކި ބައެއްގެ ނުފޫޒު އޮންނަ ވާހަކަތަކެއް މީގެ ކުރިން ވަނީ ދެކެވިފައެވެ. އަދި އެ ދުވަސްވަރު ޕާޓީ ތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް ސާލިހުގެ ފެކްޝަނެއް އުފެދުނެވެ.

ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންގެ ތުހުމަތު ރައީސް ސާލިހަށް ތާްއީދު ކުރައްވާ މެމްބަރުންގެ ބޮލުގައި އަޅުވައި ފެނަކަ ފަދަ އެސްއޯއީ ތަކުން ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށް ވަޒީފާ ތައް ކިހިލި ޖަހައިލައިގެން ރަށްރަށަށް ދާ ކަމަށް މެމްބަރުން ވަނީ މީގެ ކުރިން ތުހުމަތު ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: