ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލަ: ފައްޔާޒްގެ ރައްދެއް ތިން ސަރުކާރުގެ ވެރިންނަށް!

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އިގްތިސޯދީ މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ވަކާލާތު ކުރައްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާގެ ސަރުކާރާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިންނަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ސުވާލުތަކެއް އުފައްދަވައި ރައްދު ދެއްވައިފިއެވެ.

ޗާގޮސް ނުވަތަ ފޯޥަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވާއިރު ވެރިކަމުގައި މޮރިޝަސްއާއިއެކު އިން ވަކިކުރަން އެއްބަސްވެ ވަޑައިގެންނެވި ސަބަބާއި މެދު ފައްޔާޒް ސުވާލު އުފައްދަވައިފިއެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައި، އެ މައްސަލައަށް އަލިއަޅުއްވައި ރައީސް ނަޝީދު ވިދާލުވީ، 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ބަޔާންކުރައްވާފައިވާގޮތުން، ފޯޅަވަހީގެ 7 ރަށަކީވެސް ރާއްޖޭގެ ރަށްތަކެކެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ނެވިން ރާއްޖޭގެ ސަރަަހައްދު ބަޔާންކުރަނީ ފޯޅަވަހިއާއި އެކު ކަމަށެވެ. އަދި އެ ތަނަކީ ރާއްޖޭގެ ބައެއްކަން ސާފުވެގެންދާނެ ތާރީހީ އަދި ސަގާފީ ހެކިތައްވެސް ފެންނަން ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިވަގުތު ފޯޅަވަހި އަކީ އެއްވެސް ގައުމެއްގެ ތަނެއް ނޫންކަމަށެވެ. އަދި އިންގިރޭސިން އެތަން ބެލެހެއްޓި ނަމަވެސް އެ ތަނަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށެވެ. އަދި އެއީ ޗާގޯސް އަތޮޅު ތަކުގެ ތެރެއިން އަތޮޅެއްކަމަށެވެ. އަދި އެތަނަށް ޔޫރަޕު މީހުން ކިޔަނީ ޕެރޮސް ބަނޯސް ކަމަަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މޮރިޝަންއާއިއެކު އިން ވަކިކުރަން 2011 ވަނަ އަހަރު އެއްބަސްވެ ވަޑައިގެންނެވީ އޭރުގެ ރައީސުލްޖުމްހޫރީއްޔާ ކަމަށެވެ. އަދި ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލު ކުރައްވާ މޮރިޝަސްއާއެކު އިން ވަކިކުރަން ރައީސް ނަޝީދު އެއްބަސްވެ ވަޑައިގެންނެވި ސަބަބާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ.

މީގެއިތުރުން ފައްޔާޒް ވަނީ ރައީސް މައުމޫން އަބްދުކް ގައްޔޫމްގެ ސަރުކާރުގައި 10 އަހަރު ވަންދެން ބަންޑާރަނައިބުކަން ކުރެއްވި ޑރ މުހައްމަދު މުނައްވަރަށް ވެސް ސުވާލެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ 1992 ވަނަ އަހަރު ރާއްޖޭގެ ބަންޑާރަނައިބު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލު ކުރައްވާނަމަ އިނގިރޭސިވިލާތާއި ވާހަކަ ދައްކައިގެން އެކަމުގައި އެއްބަސްވުމެއް ނުހެދުނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން އަމަލު ކުރީ ގޯސްކޮށްކަމަށް ތަކުރާރު ކުރައްވައި މުނައްވަރު ވިދާޅުވެފައި ވަނީ ޗާގޮސް އަކީ މޮރީޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކޮށް އެކަން އިއުލާނު ކުރުމުން އެނގިގެން ދަނީ ސަރުކާރު ތަންދޮރު ނުފިލައި އޮތް މިންވަރެވެ. އޭނާ ވިދާޅުވީ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫންކަމަށް ރާއްޖެއިން ވަކާލާތު ކުރުމަށް ފަހު ޔޫޓާނެއް ނަގައި ބަސް ބަދަލު ކުރުމަކީ ހައިރާންވާވަރުގެ ނިންމުމެއް ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވަނީ އިދިކޮޅު ޕީޕީއެމްއަށް ވެސް ސުވާލުތަކެއް އަމާޒް ކުރައްވާފައެވެ. އެގޮތުން 2017 ވަނަ އަހަރު ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓީސް (އައިސީޖޭ) ނިންމުމުން އެކަމާ ދެކޮޅު ހައްދަވާ ފޯޅަވަހި ރާއްޖެއަށް ހޯދައިދޭން ދައުވާ ނުކުރީ ކީއްވެތޯ ވިދާޅުވެ ސުވާލު ކުރެއްވިއެވެ.

ޗާގޯސްގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޗާގޯސްވަނީ މޮރިޝަސްއަށް ވިއްކާލާފައިކަމަށެވެ. އަދި އެކަމާއި މެދު ޝައްކެއްވެސް ނެތްކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ވިއްކާލައިފައިވުން، ދިވެހި ރައްޔިތުން ބަލައިނުގަންނާނެކަމަށެވެ. އަދި އދގެ އާންމު މަޖިލީހުގެ ރައީސްގެ މާގާމުގައި ދާދި ފަހާއި ޖެހެންދެން ހުންނެވި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މި މައްސަލައިގައި ބަހެއް ވިދާޅުވެފައިނުވާކަމަށް އިޝާރާތްކުރައްވާ، އެގޮތަށް އެނާ އަމަލުކުރައްވާ ސަބަބާއިމެދު ރައީސް ޔާމިންވަނީ ސުވާލު އުފައްދަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ އިސްތިގުލާލީ ސިޔާސަތަކީ ގާނޫނު އަސާސީގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާގެ މަގާމާއި ހާވާލުވެ ހުންނެވި ބޭފުޅަކަށްވެސް އެކަމުގައި އަމިއްލަ އިހުތިޔާރެއް ނޯންނާނެކަމަށާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ލިބިގެންވާނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަން ފާހަގަކުރެވެ އެވެ. ނަމަވެސް ގިނަ ބަޔަކު، ދަނީ މިކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ވާނެކަމަށް ބުނަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: