ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އޮތީ ވެންޓިލޭޓަރުގައި، އެކަން އެންމެނަށް ވެސް އެނގޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އޮތީ ވެންޓިލޭޓަރެއްގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައި އިދިކޮޅުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމެއް ހުއްޓުވުމުގެ ތެރެއިން އެއްވުމުގެ ބައިވެރިންތަކެއް ހައްޔަރުކޮށްފައިވާކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ ރާއްޖެ “ތާހަކަށް ލާ ތެލުލާފައި” ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ގައުމު ވިއްކާލުމުން ރައްޔިތުން އެ ވާހަކަތައް ދައްކާނެކަމަށެވެ. އަދި ސަރުކާރުން ޖެހޭނީ ހަޖަމް ކުރަންކަމަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ޑިމޮކްރެސީގެ ބައްޕަ ކަމަށް ދައުވާ ކުރި ފަރާތްތަކުގެ ކިބައިން މިއަދު ފެންނަމުންދަނީ “ލަދު ކުޑަ” މަންޒަރެއްކަމަށެވެ. އަދި ސަރުކާރު އޮތީ ވެންޓިލޭޓަރެއްގައިކަން އެންމެހާ ރައްޔިތުންނަށްވެސް އިނގޭކަމަށާއި، އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ފަރާތްތައް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލަފަށް ކަމަށް ފާހަގަކުރައްވާ އެނާ ވަނީ އެ ފަރާތްތައް ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: