ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގު ރައީސް ދަނީ ގާތުން ބަލަމުން: ރައީސް އޮފީސް

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބަންދަށް ގެންދިޔަ ފަހުން ސިއްހީ ހާލަތު ގޯސްވެ ފަރުވާ ނުދިނިމުގެ ސަބަބުން ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ފުލުހުންގެ އިހުމާލުން 43 އަހަރުގެ އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ދެ ގަޑިއެއްހާއިރު ވޭނާއި ތަދާއި އެކު ރޮއި ހޭރުމަށް ފަހުގައި އާއިލާއިން ވަނީ ބުނެފައެވެ.

ހޯނޑެއްދޫ އިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ލޯންޗަށް އެރުވި ގަޑީގައި މެއަށް ތަދެއް އަރައި އޭނާ ވަނީ ނިޔާވެފައެވެ. މި މައްސަލައިގައި އަބްދުﷲ ރަޝީދުގެ އާއިލާ އިން ވަނީ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އާއިލާއިން ބުނިގޮތުގައި އަބްދުﷲ އަށް ސިއްހީ ފަރުވާ ދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި މަޑަވެލި ކައުންސިލްގެ ނައިބު ރައީސް ފުލުހުންނަށް ދެންނެވި ނަމަވެސް ފުލުހުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ސިއްހީ މަރުކަޒުގެ މެނޭޖަރު ލޯންޗް ދޮށަށް ގޮސް އެތަނަށް ޑޮކްޓަރަކު ވެސް ގެނެވިދާނެ ކަމަށް ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން ވަނީ އަބްދުﷲ އަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައިކަމަށް އާއިލާއިން މީޑިއާތަކަށް ހިއްސާކުރިއެވެ.

މި މައްސަލައާއި ގުޅިގެން ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ވަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ޢަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ އާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައިކަމަށެވެ. އަދި މިމައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުންކަމަށް މެސެޖުގައިވެއެވެ.

މި މައްސަލައިގައި އިންސާފަށް ވާސިލުވުމަށްކަމަށް ބުނެ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ވަނީ ފުލުހުން އެދުނު ގޮތަށް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ. ނަމަވެސް އާއިލާއިން އަންނަނީ މި ނިންމުމާއި ދެކޮޅު ހަދައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންނޫންކަމަށް ބުނަމުންނެވެ. އާބްދުﷲ ގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި ޕޯސްޓްމޯޓަމް ހެދި ނަމަވެސް، ދެން ވާނެ ފައިދާއެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 43%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: