ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭޕީޑީ ގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ފިޒިކަލް ޑިސްއެބިލިޓީ (އެމްއޭޕީޑީ) ގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހެލްތު ކޭމްޕެއް ބާއްވައިފިއެވެ.

އެމްއޭޕީޑީގެ ފަރާތުން ހިންގި މި ހެލްތު ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ހަފްތާ ބަންދުގައެވެ،

ހުކުރު އަދި ހޮނިހިރު ދުވަހު ހިންގުނު މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ފަރުކޮޅުފުށީގައެވެ.

މި ކޭމްޕަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންސަލްޓެންސީ ހެއްދޭ ގޮތަށް ކުރިއަށް ގެންދެވުނު ކޭމްޕެއް ކަމަށް އެމްއޭޕީޑީ އިން ވަނީ ބުނެފައެވެ.

މި ފަހަރު ކުރިއަށްދިޔަ ކޭމްޕްގައި ދިވެހި ޑޮކްޓަރުންނާއި އިންޑިއާގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ ހަރަކާތްތެރި ވެފައެވެ، އެގޮތުން މަލިކުގެ ޑޮކްޓަރެއް ކަމަށްވާ ޑރ އިސްމާއިލް އާއި އިންޑިއާގެ ޑރ ޕްރޯއިރީހަބް އާއި ޖޯޝް ކްލިނިކްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއްގެ އިތުރުން ދިވެހި ޑޮކްޓަރުންވެސް ވަނީ ބައިވެރިވެފައެވެ،

ޑރ ޝިފާ އާއި އެހެން ދިވެހި ބައެއް ޑޮކްޓަރުން ވަނީ މި ހެލްތު ކޭމްޕް ގައި ބައިވެރިވެފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް ގެ އިތުރުން ޖޯޝް ކްލިނިކާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ޕްރޯއީއީހަބް އަދި ވާރސޯ މެޑިކަލް ސެންޓަރުގެ އެހީގައި ކަން ފާހަގަކޮށްލެވެއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: