ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއަރޕޯޓު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ 8000 އެނދު: ޑރ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރަހައްދެއްގައި ގާއިމު ކުރާ އެއަރޕޯޓެއް ކާމިޔާބު ކަމާއިއެކު ކުރިއެރުމަށްޓަކައި އެ ސަރަހައްދެއްގައި 8000(އަށްހާސް) އެނދު ބޭނުންވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ހއ ހދ އަދި ށ އަތޮޅުގެ ތަރައްގީއާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއިމެދު ކުރެވުނު ސުވާލުތަކަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، މިވަގުތު، އެ ތިން އަތޮޅުގައި ރިސޯޓު ހޮޓާ އަދި ގެސްޓް ހައުސްވެސް ހިމެނޭހެން ޖުމުލަކޮށް ހުރީ 1724(އެއްހާސް ހަތް ސަތޭކަ ސައުވީސް) އެނދުކަމަށާއި، އެ ތަނުގެ ތެރެއިން އޮޕަރޭޝަނަލްކޮށް ހުރީ 1524( އެއްހާސް ފަސް ސަތޭކަ ސައުވީސް) އެނދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރަހައްދެއްގައި ގާއިމު ކުރާ އެއަރޕޯޓެއް ކާމިޔާބު ކަމާއިއެކު ކުރިއަރައިގެންދާނީ އެ ސަރަހައްދެއްގައި 8000(އަށްހާސް) އެނދު ހުރެގެންކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހދ ގައި ގާއިމު ކުރާ ދެ ރިސޯޓެއްގެ ފޭޒް އެކެއް ހުޅުވިގެންދާނެކަމަށާއި އެކަމުން 234(ދުއިސައްތަ ތިރީސް ހަތަރު) އެނދު އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 1360(އެއްހާސް ތިން ސަތޭކަ ފަސް ދޮޅަސް) އެނދު ހިމެނޭހެން އިތުރު ހަތަރު ރިސޯޓެއް އޮޕަރޭޝަނަލް ސްޓޭޖަށް އަންނާނެކަމަށް އެނާ އަށް ބެލެވޭކަމަށެވެ. އަދި އެއީ ހއ ބެރިއްމަދޫ، ށ ހުރަސްފަރު ނާއިމްފަރު އަދި ކަނބާލިފަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީހުން ދިރިއުޅޭ ރަށް ރަށުގެ ފަތުރުވެރިކަމާއިމެދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހއ ކެލާ، އުތީމް އަދި ވަށަފަރުގައި ކުރިއަށް ގެންދާ ހޮޓާ ފަދަ ކަންކަމުންވެސް 404 (ހަތަރު ސަތޭކަ ހަތަރު) އެނދު އިތުރުވެގެންދާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި 3700 (ތިންހާސް ހަތް ސަތޭކަ) އާއި ގާތް ކުރާ އަދަދަކަށް އެނދު ހުންނާނެކަމަށް  މިނިސްޓަރު ވިދާޅުވިއެވެ.

3700 (ތިން ހާސް ހަތް ސަތޭކަ) އެނދަކީ އެ ސަރަހައްދުގައި ގާއިމު ކުރާ އެއަރޕޯޓު ކާމިޔާބު ކުރުމަށް ބޭނުންވާ 8000(އަށްހާސް) އެނދުގެ 50 އިންސައްތައާއި ގާތް ކުރާ އަދަދެއްކަމަށް އިޝާރާތްކުރައްވާ މައުސޫމް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ފުލް ކެޕޭސިޓީގައި ކުރިއަށް ގެނދާއިރު، އެރައިވަލް އަދި ޑިޕާޗާ ޕެސިންޖަރުން ޖުމުލަކޮށް 1780(އެއްހާސް ހަތް ސަތޭކަ އަށްޑިހަ) އާއި ގާތް ކުރާނެކަމަށެވެ.

މައުސޫމު ވިދާޅުވީ، ލަފާ ކުރާގޮތުން ފުރަތަމަ އަހަރު އެއަރޕޯޓު އޮޕަރޭޓު ކުރާނީ ޖުމުލަ ކެޕޭސިޓީގެ 20 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން އަންނާނީ 300(ތިން ސަތޭކަ) ޕެސެންޖަރުންކަމަށާއި، އެއީ މުޅިން ފަތުރުވެރިންކަމަށް ބަލާ ނަމަ، މިހާރު ހުރި ބެޑް ކެޕޭސިޓީއިން އަދި އިތުރުވާނެކަމަށް ލަފާ ކުރާ ބޭޑް ކެޕޭސިޓީ އިން ފަތުރުވެރިންނަށް ބޭނުންވާ ޖާގަ ހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: