ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީއަށް ދައްކަން ޖެހޭ ބޮޑު ފީއެއް ނޯންނާނެ، ހައްގު ގެއްލިފައި ވާނަމަ ކަމާއި ބެހޭ ފަރާތަކަށް ހުށަހަޅާ: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު، މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީއަށް ދައްކަން ނުޖެހޭ ފީއެއް ދެއްކުނުކަމަށް، ނުވަތަ ގާނޫނުގައި ބުނާ އަދަދަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ދައްކަން ޖެހުނުކަމަށް ގަބޫލު ކުރެވޭނަމަ ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ޓޫރިޒމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ކުންފުންޏެއްގެ ހިއްސާ ބަދަލު ކުރާއިރު، ނުވަތަ ނަމެއް ބަދަލު ކުރާއިރު ޓޫރިޒަމް މިނިސްޓްރީއަށް އެއްލަކަ ޑޮލަރު ދައްކަން ޖެހޭކަމަށް ބުނެ އެ ސުވާލު މަޖިލީހުގައި މިނިސްޓަރާއި ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އެއްވެސް ރައްޔިތެއްގެ އަތުން ޓެކްސް، ފީއެއް، ނުވަތަ ޖުރިމަނާއެއް ނެގޭނީ ގާނޫނުގައި ކަނޑައެޅިފައިވާ އަދަދުތަކުގެ ތެރެއިންކަމަށް ބުނާކަމަށާއި އެއަށް ވުރެ ބޮޑު އަދަދެއް ފީގެ ގޮތުގައި ނުނެގޭނެކަމަށް ބުނާއިރު އެއާއި ހިލާފަށް މިނިސްޓްރީން އަމަލު ކުރަމުންދާކަމަށް އާޒިމް ވިދާޅުވި އެވެ. ކުންފުންޏެއްގެ ޝެއާއެއް، ނުވަތަ ނަން ބަދަލު ކުރާ ކޮންމެ ފަހަރަކު ވެސް އެއް ލައްކަ ޑޮލަރު ނަގަމުންދާއިރު ޓޫރިޒަމްގެ ގާނޫނު ބުނާ އަދަދަކީ 10،000 ޑޮލަރުކަމަށް އާޒިމް ވިދާޅުވި އެވެ.

މިނިސްޓްރީގެ ގާނޫނީ ޓީމާއި އަދި އެހެން ގާނޫނީ ވަކީލުން ވެސް އިއްތިފާގު ވަނީ އެފަދަ ފީތައް ނުނެގޭނެކަން ފާހަގަކޮށް އާޒިމް ވިދާޅުވީ ވެރިކަމުގެ މިދިޔަ ދައުރާއި އަދި މި ދައުރުގައި ވެސް އެގޮތަށް އަމަލު ކުރަމުން ދާ ސަބަބު ސާފު ކުރުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، އެކަން މިނިސްޓްރީގެ ތެރެއިން ހުއްޓޭނެ ގޮތަކާއި އަދި އެ ބަދަލު ގެންނަކަމަށް ވާނަމަ ކުރިން ބޮޑެތި ފީތައް މިނިސްޓްރީއަށް ދައްކާފައި ހުރި ކުންފުނިތަކާއި މީހުންނަށް އެ ފައިސާ އަނބުރާ ލިބޭނެ ތޯ އާޒިމް ސުވާލު ކުރެއްވި އެވެ.

ގަވާބުގައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިން އެފަދަ ފީތައް ނަގަމުން އައި ނަމަވެސް މިހާރު މިނިސްޓްރީގެ އެއްވެސް ހުއްދައަކާއި ނުލައި ވެސް އެ މަސައްކަތް ކުރެވޭކަމަށެވެ.

”މިހާރު އަޅުގަނޑު އުފަލާއި އެކު ދަންނަވަން.. އެފަދަ ފީތަކެއް މިހާރު ނުނަގާނެ.. ކުންފުންޏެއްގެ ޝެއާ ބަދަލު ކުރާއިރު މިހާރު ޓުރިޒަމް މިނިސްޓްރީ ކައިރީ އަހާކަށް ވެސް ނުޖެހޭނެ.. ޓޫރިޒަމް މިނިސްޓްރީން މިދަނީ ފަހި ކުރާ މިނިސްޓްރީއެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ދެމުން..“ މައުސޫމް

މީގެއިތުރުން މައުސޫމް ވިދާޅުވީ ކުރިން ފައިސާ ބޮޑު އަދަދަކުން ދައްކާފައި ހުރި ބަޔަކަށް އެ އަނބުރާ ދެވޭނީ ގާނޫނަކުން ނުވަތަ ގަވައިދަކުން އެގޮތަށް ކަނޑައެޅުމުންކަމަށެވެ.

މިނިސްޓްރީގެ ޖަވާބާއި މެދު ހިތްހަމަނުޖެހި ނިޒާމީ ނުކުތާއެއް ނަންގަވައި އާޒިމް ވިދާޅުވީ، މައުސޫމް ވަޒީރުކަމާއި ހަވާލުވީ ފަހުން ވެސް އެއްލަކަ ރުފިޔާ ފީއެއްގެ ގޮތުގައި ނަގާފައި އެބަހުރިކަމަށެވެ. އަދި އެގޮތަށް މިހާރު ނުނަގާކަމަށް މިނިސްޓަރު ބުނި ނަމަވެސް ފަހަކާއި ޖެހެންދެން އަމަލު ކުރަމުން އައި ގޮތަކީ އެއީކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.

އާޒިމް ވިދާޅުވީ މިއީ ގާނޫނާއި ހިލާފަށް ނެގިފައި ހުރި އަދަދުތަކެއްކަމަށާއި، އެ ރައްޔިތުންނަށް އަނބުރާ ލިބެން ޖެހޭނެކަމަށެވެ.

ޖަވާބުގައި އަނެއްކާވެސް މައުސޫމް ވިދާޅުވީ ނުހައްގުން އެއްވެސް މީހެއްގެ ހައްގެއް އެއީ މަޖިލީހުގެ މެމްބަރެއްގެ ހައްގެއް ނަމަވެސް އެ ނިގުޅައިގަނެފައިވާކަމަށް ގަބޫލު ކުރެވޭނަމަ ކަމާއި ގުޅޭ މުވައްސަސާތައް މެދުވެރިކޮށް އެ ހައްލު ލިބޭނެ ކަމަށެވެ. މިނިސްޓަރު އެ އިޝާރާތް ކުރެއްވީ ކޯޓަށް މައްސަލަ ހުށަހަޅައި، ޝަރުއީ މަރުހަލާއިން އެ ހައްލު ހޯދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: