ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މައުސޫމްވެސް ޖޭޕީގެ ކޮންފަރެންސްގައި ބައިވެރިނުވޭ!

ޑރ މައުސޫމްއާއި މިނިސްޓަރ ކަމުގެ ފަތްކޮޅު ރައީސް ސާލިޙް ހަވާލު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ކޮންގްރެސް ނިމުމަކަށް އައިސްފައިވާ އިރު، އެ ޕާޓީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް ވަޑައިގަންނަވާފައިވާ މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިނުގަންނަކަން ހާމަވެއްޖެއެވެ.

2018 ވަނަ އަހަރު މާލޭގައި ކޮންގްރެސް ބޭއްވެން ނެތުމުގެ ސަބަބުން ޕެރަޑައިސްގައި އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްފަހު، ވެރިކަމުގެ ކޯލިޝަން ޕާޓްނަރ ޕާޓީއެއްކަމަށްވާ ޖުމުހޫރީ ޕާޓީއިން ވަނީ އެ ޕާޓީގެ 2023 ވަނަ އަހަރުގެ ކޮންފަރެންސް ދަރުބާރު ގޭގައި ދަނީ ކުރިއަށެވެ. މި ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް މިނިސްޓަރު އަބްދުﷲ އިމްރާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސް ފެއްޓެވި އިރު އިންޑިއާއިން ރާއްޖެއަށް ކަނޑައެޅިފައިވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއިރު، ޖޭޕީގެ މެމްބަރެއް ކަމަށްވާ ނައިބު ރައީސް ފައިސަލް ނަސީމު މި ބައްދަލުވުމަށް ވަޑައިނުގަންނަވާކަން ފާހަގަކުރެވެއެވެ. ފައިސަލްވަނީ ރައީސް ސާލިހަށް ތާއީދު ކުރައްވާކަން އެކި ފުރުސަތުގައި ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލްގެ އިތުރުން ޖޭޕީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި މިނިސްޓަރު މައުސޫމްވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: