ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ބަލިވީމާ އެކަން ގަބޫލުނުކުރާ މީހުން އިންތިހާބުތަކަށް ކުރިމަތިލައިގެން ނުވާނެ: ޑރ ހުސެއިން

ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވެ އެކަން ގަބޫލުނުކުރާ މީހުން އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެެމްބަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ،

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ޑރ ހުސެއިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެތެރޭގެ ވާދަވެރި އިންތިހާބުގައި އޭނާ އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ނާކާމިޔާބީ އަކީ އެއްވެސް މައްސަލަ އެއް ނޫން ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

ޑރ ހުސެއިން އިންތިހާބުން ބަލިވިކަމުގެ ވާހަކަ ދެއްކެވި އިރު މި ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އިންނެވިއެވެ.

ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވެ އެކަން ގަބޫލުނުކުރާ މީހުން އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ ކަމަށެވެ.

ޑރ ހުސެއިން ވިދާޅުވީ ބަލިވީމާ ބަލި ގަބޫލުކުރެވެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޑިމޮކްރަޓިކް އުސޫލުން ކަންކަމާ ކުރިމަތިލައިގެން ތިމާއަށް ވޯޓްލާ މީހުންގެ ތެރޭގައި އޮތް ތާއީދަކީ ކިހާ ވަރެއްގެ ތާއީދެއްކަން ދޭތެރެ ދޭތެރެއިން ޓެސްޓްކޮށްލަން ޖެހޭނެ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ،

ޑރ ހުސެއިން ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވޯޓްލީ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތާއީދު އޭނާ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމުގައި ހުރުމަށް ނުލިބުނު ކަމަށެވެ.

އެއީ ހަގީގަތް. އެހަގީގަތް އެގޮތަށް އޮތަތީ ދެރަވެފަ ހުރި މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑު މިދަންނަވަނީ ވަރަށް ޔަގީންކަމާއެކު ތިބޭފުޅުންނަށް، ޖުމްހޫރީ ޕާޓީ ޕާޓީގެ ގޮތުގައި އޮތްހާ ދުވަހަކު އެޕާޓީގެ ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮންނާނެ.

ޑރ ހުސެއިން ވިދާޅުވީ މަސް ނުބެވުނީމާ ކަނޑު ނުބައިކުރާ ގޮތަށް ކާމިޔާބު ނުލިބުނީމާ ފަހަތަށް ޖެހި ފިލާ މީހެއް ނޫން ކަމަށެވެ.

ޑރ ހުސެއިން ވިދާޅުވީ އޭނާ އަކީ އިންތިހާބަކުން ނާކަމިޔާބުވީމާ ފިލާ އޮންނަ މީހެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ހައްޔަރުކޮށްފައި ހުރި ވަގުތުތަކުގައްޔާއި ރާއްޖެއިން ބޭރުގައި ހުންނެވި ވަގުތުތަކުގައި ޕާޓީގެ މެމްބަރުން އިތުބާރުކޮށް ކުރީން ބޭއްވުނު ކޮންަރެންސް އިން ޕާޓީގެ ލީޑަރޝިޕް ވަގުތީ ގޮތުން އޭނާ އާއި ހަވާލްކޮށްފައި ހުރިކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ. އެހެންކަމުން އެވާޖިބު ޕާޓީގެ ހަގީގީ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވި ގޮތަށް އަކުރުން އަކުރަށް އަދާކުރި ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ،

ޑރ ހުސެއިން ވިދާޅުވީ އެދުވަސްވަރަކީ ޕާޓީގެ ލީޑަރާއި ގުޅުން އޮންނަ މީހަކު ޖަލަށް ލުމުގެ ފުރުސަތު އޮތް ދުވަސްވަރެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ ހަވާލުކުރާ ކަމެއްގައި ޖަލު ގޮޅިއަށް ވަންނަންޖެހިދާނެތީ ބިރުގަންނާނެ މީހެއް ނޫން ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ. އެހެންކަމުން މަގުމަތީގައިވެސް ހުރެގެން ޕާޓީ ތަމްސީލުކުރުމަށް ކުރަންޖެހޭ ކަމެއް އޮންނާނީ ކޮށްފައިކަމަށް އޭނާ ވިދާޚުވިއެވެ،

 

 

ވަރަށް ގަދަ
20%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 70%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: