ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި ނުލާ އެމްޑީޕީ ނޯންނާނެ: ޤާސިމް

ޖުމްހޫރީ ޕާޓީގެ ކޮންފަރެންްސް ނިންމުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ،

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވަނީ ރައީސް ނަޝީދަށް ތައުރީފް ކޮށް ވާހަކަ ދައްކާފައެވެ،

ގާސިމް ވިދާޅުވި ގޮތުގައި ނަޝީދަށް މިސްޓޭކެއް ހެއްދެވުނެވެ. ނަމަވެސް އެކަން މިހާރު ރަނގަޅުވެފައި އޮންނާނެ ކަމަށް ގަބޫލު ކުރެއްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އާ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް އެދުވަސްވަރު އެތެރެއިން ނާއި ބޭރުން ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރެެއްވި ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެދުވަސްވަރު އިސްލާހީ އެޖެންޑާ އިއުލާން ކުރެއްވީ އެތެރޭގެ ޕްރެޝަރާއި ބޭރުގެ ޕްރެޝަރ ގެ ސަބަބުން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އެކަން މިއަދު ދިވެހި އެންމެހާ ރައްޔިތުންނަށް އެނގިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި އަތުކުރިއޮޅައިގެން ނިކުތް އެއް ބޭފުޅަކަށް އެމްޑީޕީގެ ރަައީސް މުހައްމަދު ނަޝީދު ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހަމައެހެންމެ ރައީސް ނަޝީދު ބޭރުގައި މަސައްކަތްޕުޅު ކުރެއްވިއިރު، މިދިވެހިރާއްޖޭގެ އެތެރޭގައި މަސައްކަތް ކުރެއްވި އިސްލާހަށް ޓަކައި އާ އެޖެންޑާ އަށް އެނބުރިގެންދާން މަސައްކަތް ކުރެއްވި އިބްރާހިމް އިސްމާއީލް.

ޤާސިމް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އަކީ ހާއްސަ މަޖިލިސް އެއްކުރުމަށްފަހު އޭރުގެ ރައީސް މައުމޫން މަޖިލިސް އެކުލަވާލި އިރު ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީގެ މުގައްރިރު ކަމަށެވެ. އަދި އޭރު އާ ޤާނޫނު އެކުލަވާލުމަށް ރެއާދުވާލު ކުރި މަސައްކަތަށް އިބްރާހިމް އިސްމާއިލް އަށް ގާސިމް ވަނީ ސާބަސް ދަންނަވާފައެވެ.

ޤާސިމް ވިދާޅުވީ އެދުވަހު އޭނާ ހާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައި އިބްރާހިމް އިސްމާއިލް ކުރެއްވި މަސައްކަތް ފެނިގެން ދިޔަ ކަމަށެވެ. އަދި އެދުވަހު ޤާސިމް ހުންނަން ޖެހުނީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ކަމަށާއި އަދި ޑީއާރުޕީގެ ނައިބު ރައީސްގެ މަގާމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އެދުވަސްވަރު އޭނާ އެމްއެމްއޭގެ ގަވަރުނަރުގެ ގޮތުގައި ހުންނެވި ކަމަށެވެ.

ގާސިމް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގައި އޮތް އެންމެ ދޮށީ ދެވަނަ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ.

ފުރަތަމަ ޕާޓީ އަކީ އެމްޑީޕީ. އޭގެފަހުން ރަޖިސްޓްރީ ކުރެވުނު އެހެން ޕާޓީތައް އެސަބަބު މިސަބަބާހެދި ވުޖޫދުގައި ނެތީ.

ޤާސިމް ވިދާޅުވީ އޭނާ އަށް ދެރަގޮތެއް ދިމާވެފައިވީ ނަމަވެސް އެއްވެސް މީހަކާ ދޭތެރޭ ހިތް ބުރަ ކަމެއް ނެތް ކަމަށް ކުރީ ރޭވެސް ދެންނެވި ކަމަށެވެ.

އަޅުގަނޑު މިހިރީ ހިތް ފުރާ ފުރިގެން ﷲ ގެ ތަނަވަސް ރަހްމަތުން. އަޅުގަނޑު މި ކުރާ ކަމަކީ ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑަށް ލިބިފައިހުރި މަދަދުވެރިކަމަކާއި އެހީތެރިކަމެއްގެ މިންވަރުގެ ތެރެއިން އަޅުގަނޑުގެ މެކްސިމަމް އެއ،ް  ރައްދުކޮށްދިނުން. އެންމެ ބޮޑު އެއްޗެއް ރައްދުކޮށްދިނުން. އެއީ އަޅުގަނޑުމެން މިކުރާ ކަމަކީ.

ގާސިމް ވިދާޅުވީ ޑިމޮކްރަސީގެ ޅަފަތުގައި ހިތްއަވަސް ކޮށްގެން ތެޅިގަތަސް ކަންތައްތަކެއް ނުވާނެ ކަމަށެވެ. ތަޖުރިބާ އެއް ނެތް ހާލުގައި ކަންތައްތައް ކުރަންޖެހޭ ފަހަރުވެސް ދިމާވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފަހު ފުރަތަމަ ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ވެސް ތައީދާއި އެކުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަން 2008 ވަނަ އަހަރު ހޯދައިދިނުމަށް ދެވަނަ ބުރުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

ގާސިމް ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނެއް ކަމަށާއި އިންސާނުންނަށް ގޯސްހެދި ދެރަކަންތައްތައް ވެސް ކުރެވޭނެ ކަމަށެވެ.

އަޅުގަނޑުމެން މާފް ކުރަންޖެހޭ ހޮތް ހަލާސް ކުރަންޖެހޭ. ތެދުވެރިކަމާއެކީގައި އަޅުގަނޑުމެން އަޅުގަނޑުމެން ގައުމުގެ ރައްޔިތުންނަށް، ނޭނގޭ މީހުންނަށް އަންގައިދީގެން އެނގޭ މީހުންގެ ކިބައިން ކަންތައްތައް ދަސްކުރަން އޮޅުން ފިލުވަައި އަނެއްބަޔަކު އައިސް ވާހަކަ ދައްކައިގެން ނޫނީ އަޅުގަނޑުމެން ނަކަށް ކުރިއަކަށް ނުދެވޭނެ.

ގާސިމް ވިދާޅުވީ އިހްލާސްތެރި ނިޔަތާއި އެކީގައި މަސައްކަތް ކުރުމަށް ﷲ ވަނީ އަންގަވާފައިކަމަށެވެ. ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރުމަށް ﷲ އަންގަވާފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: