ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު މިހާ ހިސާބަށް އައި ފަތުރުވެރިންގެ އަދަދުތައް 21.6 އިންސައްތަ އިތުރު: ޓުއަރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމު، މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން، 2022 ވަނަ އަހަރުގެ މިހާ ހިސާބަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، މި އަހަރުގެ އަދަދުތައް ވަނީ 21.6 އިންސައްތައިން އިތުރުވެފައެވެ. އަދި 2021 ވަނަ އަހަރު 319،110 އައި އިރު މި އަހަރު އަސްފައިވަނީ 555.000 އަށް އިތުރު އަދަދެއްކަމަށްވުމުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މި ދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 555،537 ފަތުރުވެރިންނެވެ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި 172،499 ފަތުރުވެރިން ރާއްޖެ އައި އިރު ފެބްރުއަރީ މަހުގެ ތެރޭގައި 177،914 އަދި މާޗު މަހުގެ ތެރޭގައި 173،514 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިނިސްޓްރީ ތަފާސް ހިސާބުތަކުން ދައްކާއިރު، ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މެމްބަރުންނާއި ސަރަހައްދަށް ނިސްބަވްތާ އާންމުންވެސް ދަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދުކަމަށްވާ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހިފައިނުވާކަމާއިމެދު ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެހެންނަމަވެސް ދާދި ފަހުން ސަރުކާރުންވަނީ ގަން އެއަރޕޯޓު މަޝްރޫޢުގެ މަސައްކަތްތައް ރަސްމީ ގޮތުން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: