ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަންގްރިއްލާގެ ޝެއަރ މައްސަލައަށް ހައްލެއް ފެނިފައިވާކަމުގެ ހަބަރު ލިބޭ: މައުސޫމް

މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ބަދަލު ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ލިބިގެންގޮސްދާނެކަމުގެ ހަބަރު ލިބޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް ހުރަސްތައް ހައްލުކޮށް، އެ މާހައުލު އިތުރަށް ފަހި ކުރުމަށް ކުރެވޭ މަސަައްކަތްތަކާއި ގުޅޭގޮތުން، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، ޝެއަރ ބަދަލު ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ފެނިފައިވާކަމުގެ ހަބަރުތައް އެނާއަށް ލިބިފައިވާކަން ހާމަކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީއިން ޝެއަރ ޓްރާންސްފާ އާއި ގުޅޭގޮތުން، މިނިވަން އިވެލުއޭޝަނެއް ހަދައި، އެކަމުގެ ފައިނަލް ރިޕޯޓެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެކުލަވާލާނެކަމަށް ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ، އެނާ ވަނީ، ޓޫރިޒަމްގެ ޓީމާއި އެކު، ޝަންގްރިއްލާއަށް ޒިޔާރަތް ކުރައްވާފައިކަމަށެވެ.

އެނާ ވިދާޅުވީ، ޝަންގްރިއްލާ ހުޅުވުމަށްޓަކައި، އެތަނުގެ މަރާމާތުތަކެއް ކުރަންޖެހޭކަމަށެވެ. އަދި ވަކިން އިއުލާނެއް ކޮށްގެން ޝަންގްރިއްލާގެ މެނޭޖުމެންޓުން ގެންދަނީ، ޖޮއިންޓް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އައްޑޫއަކީ، ފަތުރުވެރިކަމުގެ އެންމެ ގިނަ މާހިރުން އަދި އިންވެސްޓަރުން ރާއްޖެއަށް ނިސްބަތްވާ ރަށް ކަމަށެވެ. އަދި ސަރުކާރުންވަނީ އައްޑޫގައި ފަތުރުވެރިކަން ކުރުމަށް ފަހި މާހައުލެއް ގާއިމުކޮށްފައިކަމަށާއި އެ މާހައުލުގެ ތެރެއިން ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެކަމަށް އެނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް އައިއެފްސީފަދަ މުއައްސަސާތަކާއި އެކު މަޝްވަރާތައް ކުރެވި ފަންޑިން ހޯދުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. އެހެންނަމަވެސް މިހާރުވެސް އެ މަޝްވަރާތައް ކުރިއަށް ގެންދާތީ، އެކަމުގެ އިތުރު ތަފްސީލުތަކެއް ދެއްވެންނެތް ކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: