ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާދީފި ކަމަށް ޖޭއެސްސީން ބުނެފިއެވެ.
ލުއައްޔު އިސްތިއުފާދީފައިވަނީ ދާންދޫ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ ފަނޑިޔާރުކަމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅުމަށް ނިންމާފައިވަނިކޮށެވެ.
ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާންދު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާޙިމް އާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށައެޅުނު 22 މައްސަލައެއް ތަހުގީގު ކުރެވި ތައްޔާރުކުރެވުނު ރިޕޯޓް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން 22 މައްސަލައިގެ ތެރެއިން 2ޮ މައްސލަ ނިންމާފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ހިނގާފައިވާ ކަމަށް ސާބިތު ނުވާ ކަމަށެވެ. އަނެއް 2 މައްސަލައިގައި ވަނީ ސުލޫކާ ހިލާފުވެފައިވާ ކަން ސާބިތުވެފައެވެ.
ދާންދޫ މެޖިސްޓްރޭޓް ކޯޓްގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާހިމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން ކޯޓްގެ ރަސްމީ ގަޑީގައި އިސްމެޖިސްޓްރޭޓް ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ ކަމަށާއި، އެ މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވުމަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާޙިމް މަސައްކަތް ކުރިކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

