ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިސްލާމް ދީނާއި ހިލާފު އެއްވެސް އަމަލެއް ހިންގަން ފުރުސަތެއް ނުދޭނަން: ސަރުކާރު

ކަޅުވަކަރު މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެކަމަށް ސަރުކާރުން ބުނެފި އެވެ.

އިސްލާމް ދީނާއި ހިލާފު އަމަލުތަކާއި، ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވަމުން ދާއިރު ވެސް ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެގެން ތޯ ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެފަދަ އެއްވެސް އަމަލެއް ހުންގުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށެވެ. މިއުވާން ވިދާޅުވީ، ރާއްޖޭގައި ދީނާއި ހިލާފުކަމެއް ހިނގާ ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ފާހަގަވެ ސަރުކާރުން އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާ ކަމަށެވެ.

އައްޑޫ ހިތަދޫގެ މަގުތައް، ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމުގެ ގޮތުން އެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ އިންޑިއާ މަސައްކަތްތެރީން ވަނީ އެ ގައުމުގެ ދީނާއި ގުޅުން ހުރި އަޅުކަމެއްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުންފާޅުކޮށް، ރާއްޖޭގައި މިފަދަ އަމަލުތައް އާއްމުވިޔަ ނުދިނުމަށް ގޮވާލަމުންނެވެ.

ރާއްޖޭގައި އުޅޭ ބޭރުގެ ގައުމުތަކަށް ނިސްބަތް ވާ މީހުން، ދީނާއި ހިލާފު އަމަލުތައް ހިންގުން ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އާއްމުވެފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ރަށެއްގައި އިންޑިއާގެ ބަޔަކު އެ މީހުންގެ ދީނީ އަޅުކަމެއް ކުރި މައްސަލައެއް ފެންމަތިވެ، ރަށުގެ މީހުން އެ މީހުން ދިރިއުޅޭ ސަރަހައްދަށް އެއްވި އެވެ. އޭގެ ފަހުން އެ މީހުންގެ ފުލުހުންގެ ބަންދަށް ވެސް ގެންދިޔަ އެވެ.

ހިތަދޫ މަގު ހެދުމުގެ މައްސަލައިގައި މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވަނީ އެއީ އިންޑިއާގެ ބަޔަކަށް ވާތީކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: