ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 3 ގެ ހަމަލާ އަކީ އެންމެ ބިރުވެރި އުދުވާނީ ހަމަލާ : އެމްއާރުއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް ( އެމްއާރުއެމް ) އިން ބުނެފިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު  ބަޔާނެއްގައި ބުނެފައިވަނީ އެދުވަހުގެ ހަނދާން އާކުރަން ޖެހެނީ، ދިވެހީންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދު އާކުރަމުން ކަމަށް އެމްއާރުއެމް އިން ބުނެފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއް ކަމަށް އެމްއާރު އެމް އިން ވަނީ ބުނެފައެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުން ކަމަށާއި އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށް އެމްއާރު އެމްއިން ވަނީ ބުނެފައެވެ.

3 ނޮވެމްބަރުގެ އުދުވާނީ  ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުކޮށްލާފައިވެއެވެ.
ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ކަމަށާއި ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިން ކަމަށް އެމްއާރުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމަށްޓަކައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާއަށް ޝުކުރު ދަންނަވާފައިވެއެވެ.

އެދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ޓެރަރިސްޓުންނާއި ހަގުރާމަކުރަމުން ގެންދިޔައެވެ.

ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށް އެމްއާރު އެމްގެ ބަޔާނުގައި ބުނެފައިވެއެވެ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރާ މިއުފާވެރި މުނާސަބަތާ  ކުރިމަތިލާއިރު، މިޤައުމުގައި އޮތް އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ދަމަހައްޓައި، ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށްވެސް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަސްރުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭ ދުވަހެއް ކަމަށް އެމްއާރު އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: