ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޢީ ލުތުފީ މިއަދު މިނިވަން ވާނެ!

ބާޢީ އަބްދުﷲ ލުތުފީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ މިއަދު މިނިވަންވާނެކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފަހުން ކަރެކްޝަނުން މީޑިއާތަކަށް ބުނީ، އެ ހާދިސާއާއި ގުޅިގެން އޭނާގެ މައްޗަށް ކުރި ހުކުމް މިއަހަރުގެ އޭޕްރިލް މަހަށް ހަމަވެފައިވާކަމަށާއި އަދި ފިލި މައްސަލައިގައި ކުރި ހުކުމް މިމަހުގެ 27 ވަނަ ދުވަހަށް ހަމަވާނެކަަމަށެވެ. ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމް ހަމަވުމާއިއެކު ލުތުފީ އެއްކޮށް މިނިވަން ވާނެއެވެ.

މިކަމާއި ގުޅޭ ގޮތުން “ސަންގުން” ކަރެކްޝަންސްއާއި ސުވާލުކުރުމުން ބުނީ މިއަދު މިއީީ މިނިވަންވުމަށް ހަމަޖެހިފައިވާ ދުވަސްކަމަށެވެ. އެއީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް މިއަދު ތަންފީޒުކޮށް ނިމެނޭތީކަން ކަރެކްޝަންސްއިން ފާހަގަކުރެއްވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހަކީ ލުތުފީއެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރި ނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ނަމަވެސް ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އޭނާ ވަނީ ފިލާފައެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހު އެވެ.

ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުންވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ.

ލުތުފީ މާލެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: