ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު ތިނެއްގެ ހަމަލާ ދިން މީހުންނާއި، ރާއްޖެ ހިފުމަށް އިންޑިއާއަށް ގޮވާލި މީހުންނަކީ ވެސް ޚާއިނުން: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމިއްޔަތުގެ އެއްވެސް ކުލުނެއް، އަދި ވިސްނުމެއް ނެތް ބަޔަކު ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ދިނުމަށް ވެސް ފަހެއް ނުޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓުގައި އާދަމް ޝަރީފް ވިދާޅުވީ ގައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަކުން ކިތައްމެ ބޮޑު ގެއްލުމެއްވެސް ގައުމަށް ދީފާނެކަމަށެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިން މީހުންނާއި، އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ ހިފަން ޖެހޭކަމަށް ބުނި މީހުން އަދި ގައުމުގެ ސިޔާދަތު ވިއްކާލި މީހުން ބެލެވޭނީ ގައުމަށް ޣައްދާރުވި ޚާއިނުންގެ ގޮތުގައިކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ގައުމަށް ޣައްދާރުވި މީހުންނަކީ ކޮބައިކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އެ މީހުން އަބަދުވެސް ބެލެވޭނީ ގައުމުގެ އަދުއްވުންގެ ގޮތުގައިކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފާއި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ދަނީ ތަކުރާރުކޮށް ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނަމުންނެވެ. އެކަމާއި ދެކޮޅަށް ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް އިދިކޮޅުން ބުނެ އެވެ.

ރާއްޖޭގައި ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ، 1988 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާޢަތް) ގުޅިގެން ހިންގި އަނިޔާވެރި ހަމަލާއިން، ދިވެހިންނަށް ދިފާއުވެވި ނަސްރު ލިބުނީމައެވެ. އަދި އެދުވަހު އެ މަތިވެރި ޖިހާދުގެ ތެރެއިން އަވަހާރަވީ 19 މީހުންގެ ޒިކުރާ އާކުރުމަށްޓަކަ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާއްމުކޮށް ކޮންމެ އަހަރަކު ވެސް ސަރުކާރުތަކުން ގިނަ ހަރަކާތްތައް ކުރިއަށް ގެންދާއިރު މި ސަރުކާރުން ރަސްމީ އެއްވެސް ޖަލްސާއެއް ކުރިޔަށް ނުގެންދާތީ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

މި އަނިޔާވެރި އަމަލު ހިންގުމުގެ ފަހަތުގައި ތިބީ ދިވެހިންގެ ތެރެއިން ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: