ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ކަނޑައަޅާފައިވާ ބަޖެޓުން ރިޔާސީ އިންތިހާބު ނުބޭއްވޭނެ: އީސީ

އީސީގެ ރައީސް ފުވާދު ތައުފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރިހަމަ ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިހާރު ކަނޑައެޅިފައިވާ ބުޖެޓު މަދުކަމަށާއި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އަދި 35 މިލިއަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން، ފިނޭންސް މިނިސްޓްރީގައި ރިޔާސީ އިންތިހާބު ބޭއްވުމަށް އެދިފައިވަނީ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާދެއްވުމަށެވެ. ނަމަވެސް 2023 ވަނަ އަހަރަށް ލަފާކޮށް ހުށައެޅި ދައުލަތުގެ ބަޖެޓުގައި ރިޔާސީ އިންތިހާބަށް ކަނޑައަޅާފައިވަނީ 90 މިލިއަން ރުފިޔާއެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ”ސަންގު“ އިން ސުވާލުކުރުމުން ވިދާޅުވީ ރިޔާސިީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ މިހާރު ކަނޑައެޅިފައިވާ ބަޖެޓުން ނުވާނެކަމަށާއި، 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފުރިހަމަ އިންތިހާބެއް ބޭއްވުމަށް 125 މިލިއަނެއްހާ ރުފިޔާ ބޭނުންވާކަމަށެވެ.

125 މިލިއަން ވަރު ދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ލިބުނީ 90 މިލިއަން، އެހެންވީމަ އޭގެ މާނައަކީ އަދި 35 މިލިއަން ވަރު ލިބިގެންނޭ އަޅުގަނޑުމެންނަށް ދެވަނަ ބުރު ރަނގަޅަށް ބޭއްވޭނީ

ފުއާދު ވިދާޅުވީ މިކަހަލަ އިންތިހާބުތަކުގެ ބައެއް ހަރަދަކީ ކުރަންޖެހިދާނެކަން ނުވަތަ ނޫންކަން ޔަގީންނުކުރެވޭ ހަރަދުތަށްކަމަށާއި، އެހެންކަމުން ބަޖެޓެއް ކަނޑައަޅަންވާނީ ކުރަންޖެހިދާނެކަމަށް ބަލައިގެންކަމަށެވެ.

ކޮމިޗަނުން ފާހަގަކުރާ ގޮތުގައި 90 މިލިއަން ރުފިޔާއަކީ ކުޑަ އަދަދެއްނޫނެވެ. ނަމަވެސް ރިޔާސީ އިންތިހާބެއްގެ އެއް ބުރު އެންމެ ކުޑަކޮށްވެސް ބޭއްވޭނެ އަދަދަކީ 90 މިލިއަންއެއްހާ ރުފިޔާއިންކަމަށް ކޮމިޝަނުން މައުލޫމާތުދެއްވައެެވެ. މީގެ ކުރީގައިވެސް އެދިފައިވާ ބަޖެޓު އެއްވެސް ސަރުކާރަކުން ކަނޑައަޅާދީފައިނުވާކަމަށް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ސަރުކާރުން ބަޖެޓު ދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އެއީ މީގެކުރިން ވެސް ސަރުކާރުތަކުން އަމަލުކުރި ގޮތްކަމަށް ކޮމިޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: