ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ނުދައްކާ ސަރުކާރުގެ ކުންފުނިތަކުގެ ނަންތައް ހާމަކުރަން ޖެހޭ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ނުދައްކާ ސަރުކާރުގެ ކުންފުނިތަކުގެ ނަންތައް ހާމަކުރަން ޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އިބްރާހީމް ރަޝީދު މިފަދައިން ވިދާޅުވީ އެސްއޯއީތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައި ހުރި ފައިސާގެ އަދަދު 1.3 ބިލިއަނަށް އަރާކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަަރެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގައެެވެ.

އިބްރާހީމް ރަޝީދުގެ ވަނީ ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ހާލަތު ބައިނަލްއަގުވާމީ ރޭޓިން އޭޖެންސީތަކަށް ސިއްރުކުރުމަށް ކުރަންމުންދާ މަސައްކަތް ސީއެމްޑީއޭ އަދި ޕީސީބީން ލަސްނުކޮށް ހުއްޓުވުމަށްވެސް ގޮވާލާފައެވެ.

 

އިބްރާހީމް ރަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް އެސްއޯއީ ތަކުން ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 890 މިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން އާމްދަނީން ނުލިބިވާ ފައިސާގެ އަދަދު 88 މިލިއަނަށް އަރާއިރު، އެއީ ޓެކްސް ދައްކަން ޖެހޭ މުއްދަތު ހަމަވެ، ޖޫރިމަނާއަށް ދައްކަން ޖެހޭ އަދަދު ނުހިމަނާކަމަށް މީރާއިން ބުނެފައިވެއެވެ.

މީރާއިން ބުނެފައިވަނީ ޖޫރިމަނާ ހިމަނައިގެން މި އަދަދުތަކުގެ ޖުމްލަ 1.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެކަމަށެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ދަނީ އާންމުންނަށްވެސް ފެންނަ ގޮތަށް ހާމަކުރަމުންނެވެ. އެއީ މީރާއިން އަމަލުކުރާ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ. ނަމަވެސް ފައިސާ ނުދަައްކަނީ ކޮންކޮން އެސްއޯއީ ތަކަކުން ކަމެއް އަދި މި ފައިސާ ނުދައްކަނީ ކިތައް އެސްއޯއީ އަކުންކަމެއް މީރާއަކުން ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: