ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޓްރިކް މިނީ ބަސްތައް މާލެ ގެެނެސްފި!

އަލަށް ގެނައި އިލެކްޓްރިކް މިނީ ބަސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) މަޝްރޫއުގެ ދަށުން އެމްޓީސީސީއަށް ގެނައުމަށް ހަަޖެހިފައިވާ މިނީ ބަހުގެ ހިދުމަތުގައި ބޭނުންކުރަން އިލެކްޓްރިކް ބަސްތައް މާލެ ގެނެސްފިއެވެ.

މިހާރު މާލެގާއި މިނީ ބަހުގެ ހިދުމަތް ތެޔޮއަޅާ ބަސްތަކުގައި ދެމުން އަންނައިރު، މި ހިދުމަތުގައި ބޭނުންކުރަން އެމްޓީސީސީ އިން ހަ އިލެކްޓްރިކް ބަސް ގެނައިސްފައެވެ. ކުންފުނިން މައުލޫމާތު ދީފައިވާގޮތުން މި ބަސްތައް ބޭނުންކުރާނީ މާލޭގައެވެ.

އެމްޓީސީސީން ބުނެފައިވަނީ މި ބަސްތަކަކީ 2023 ގެ ނިޔަލަށް ޖައްވު ހޫނުކުރާ ވިހަ ގޭސް ރާއްޖެއިން ބޭނުން ކުރުން މަދުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ގެނައި ބަސްތަކެއް ކަމަށާއި މިކަމުގެ ސަބަބުން އެ އަމާޒަށް ވާސިލުވާން ބޮޑު ބާރަކަށް ވާނޭކަމަށެވެ. އަދި މި ބަސްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅުކުރަން ކުރަމުންދާ މަސައްކަތަށްވެސް އެހީވެދޭނެކަމަށް ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް މި ބަސްތަށް ބޭނުންކޮށްގެން ހިދުމަތްދޭން ފަށާނެ ތާރީހެއް އެމްޓީސީސީއަކުން ހާމަކޮށްފައެއް ނުވެއެވެ.

އަލަށް ގެނައި އިލެކްޓްރިކް މިނީ ބަސް.

މާލޭ މިނީ ބަހުގެ ހިދުމަތުގައި މިހާރު ބޭނުންކުރަނީ ތެޔޮ އަޅައިގެން ދުއްވާ 12 ބަހެވެ. އެއީ 20 މީހުންގެ ބަސްތަކެކެވެ. އާ ހަ ބަހާއެކު މާލޭ ބަހުގެ ހިދުމަތުގައި ޖުމުލަ 18 ބަސް ބޭނުންކުރާނެއެވެ.

ސެޕްޓަބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަތޮޅުތެރޭގެ ރަށްތަށް ހިމެނޭގޮތަށް، މިނީ ބަހުގެ ހިދުމަތް ދެމުން އަންނަނީ 36 މިނީ ބަސް ބޭނުންކޮށްގެންނެވެ. މިއީ 20 އާއި 25 މީހުންގެ ޖާގައިގެ މިނީ ބަސްތަކެއް ނަމަވެސް، އަލަށް ގެނައި އެލެކްޓްރިކް ބަސްތަކަކީ 11 މީހުންގެ ޖާގައިގެ ކުދި ބަސްތަކެވެ. މި ބަސްތައް ހަދާފައިވަނީ ފުރޮޅުލީ ގޮނޑިވެސް އެރުވޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: