ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ 2.9 އިންސައްތައިގައި: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި 0.6 އިންސައްތައިގައި ހުރި އިންފްލޭޝަން ރޭޓު ދެވަނަ ކުއާޓާރގައި 2.9 އިންސައްތައަށް މައްޗަށް ގޮސްފައިވާކަމަށް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީގެ ކުއާޓަރލީ އިކޮނޮމިކް ރިޕޯޓުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އެމްއެމްއޭއިން ނެރިފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާރގައި މައްޗަށް ގޮސްފައިވާ އިންފްލޭޝަން ރޭޓުގެ ސަބަބުން ކާބޯތަކެތި، އަދި ސިއްހީ ސާމާނާއި ހިދުމަތްތަކުގެ އިތުރުން ފެނުގެ ސަޕްލައި އަދި ރެސްޓޯރެންޓުގެ ހިދުމަތްތަކުގެ އަގުތައްވެސް އުފުލިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވާގޮތުން ރާއްޖެއިން ލިބެން ހުރި ކާބޯތަކެތި އަދި ހަކަތައާއި ގުޅުން ހުރި އާލާތްތަކުގެ އަގުތައް އުފުލިފައިވާ މައިގަނޑު ސަބަބަކީ ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގައި ތަކެތީގެ އަގުތައް އުފުލިގޮސްފައިވުމެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އެންމެ ބޮޑަށް އިންފްލޭޝަން ރޭޓަށް އިތުރުވެފައިވާ އެއް ސަބަކީ މަހުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިއުމާއި މޭވާގެ ބާވަތްތައް އަގު ބޮޑުވުންކަމަށެވެ. އަދި އެއްގަމު މަހުގެ ބާވަތްތަކުގެ އަގު 22.1 އިންސައްތައް މައްޗަށް ގޮސްފައިވާކަަމަށާއި މޭވާގެ ބާވަތްތައް 10.6 އިންސައްތައިން މައްޗަށް ގޮސްފައިވާއިރު ކަނޑުމަހުގެ އަގު 3.9 އިންސައްތައިން އުފުލިފައިވާކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން އިންފްލޭޝަން އުފިލިދިއުމަށް އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވާ އެއް ބާވަތަކީ ހަކަތައިގެ ބާވަތްތަކެވެ. އެގޮތުން ކަރަނޓުގެ ހިދުމަތް ހޯދުމުގެ އަގުތައް މައްޗަށްގޮސްފައިވާކަމަށާއި ތެލުގެ އަގުތައްވެސްވެސް އުފުލިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: