ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން މިހާތަނަށް ފާސްކުރި ބަޖެޓްތައް ޑެފިސިޓްވެފައިވޭ: ޔައުގޫބް

ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ކަމެއް ކުރުމަށް މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ރާއްޖޭގައި ފާސްކުރާ ބަޖެޓްތަކަކީ ޑެފިސިޓް ބަޖެޓްތަކެއް ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިކަރަންޓް ހަރަދު މެނޭޖްކުރަން ބޭނުންވާ ފައިސާވެސް އާމްދަނީގެ ގޮތުގައި ނުލިބުން ކަމަށެވެ.

އެންމެ ބޮޑު ނިކަމެތިކަމަކީ ނުވަތަ ދަތިކަމަކީ ރިކަރަންޓް ހަރަދު މެނޭޖްކުރަމަށް ލޯނާއި ދަރަނީގެ ފައިސާ ބޭނުންކުރަން ޖެހުން ކަމަށް ވިދާޅުވިއެެވެ.

2023 ވަނަ އަހަރުގެ ބަޖެޓާއިމެދު އޮތް އެންމެ ބޮޑު ހިތްހަމެޖެހުމަކީ ރިކަރަންޓް ހަރަދަށް 28 ބިިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާ އާމްދަނީގެ ގޮތުގައި ހިލޭ އެހީ ނުލައި 29 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާކަން ޔައުގޫބު ފާހަގަކުރެއްވިއެވެ.

ހިލޭ އެހީއާއެކު 32 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ސަރޕްލަސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބުމަކީ ލިބޭ ބޮޑު ކާމިޔާބީއެއްކަމުގައި ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ސަރުކާރުގެ އަމާޒަކާއި، ޕްލޭނެއް އެބައޮތް ކަމަށާއި އެކަންކަން ފޮތެއްގައި ލިޔެވިފައިވާކަމަށެވެ. އެކަންކަމުގެ ހިސާބުތައް ޖަހައި، ހަރަދުވާނެ މިންވަރާއި، ބޭނުންވާ މިންވަރާއި، ހޯދަންޖެހޭ މިންވަރާއި އެކަންކަން ކުރެވޭނީ ކިހާ ހިސާބަކުންތޯ ޕްލޭންކުރެވިފައިވާކަމަށް ޔައުގޫބް ވިދާޅުވިއެވެ.

”މިއީ އުންމީދުތައް ކާމިޔާބުކަމާއެކު ހާސިލްކުރުމަށް ހުށަހެޅުނު ބަޖެޓު ސީރީޒްގެ ތެރެއިން އެންމެ ފުރިހަމަ ބަޖެޓް. މިއީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒުކުރުމަށް ހުށަހެޅޭ ބަޖެޓެއް“ ޔައުގޫބް

2021 ވަނަ އަހަރުވެސް ދިޔައީ ކޮވިޑުގެ ބަލިމަޑުކަމާއެކު ކަމަށާއި 2022 ވަނަ އަހަރު ކޮވިޑުގެ ބަލިމަޑުކަމުން ދިމާވި އިޤްތިޞާދީ އަނދަވަޅުގަނޑުން އަރައިގަތުމަށް މަސައްކަތްކުރަމުން ދިޔަކަމަށް ޔައުގޫބް ވިދާޅުވިއެވެ. ވެރިކަމުގެ ވިސްނުމާއި އެއްގޮތަށް ކަންކަން ޕްލޭންކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ދެން ދިމާވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއިކަމަށްވެސް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މި ބަޖެޓަކީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރުމަށްޓަކައި ހުށަހެޅުނު އެންމެ ފުރިހަމަ ބަޖެޓު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: