ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ގެއްލުނީ ރައީސް ނަޝީދު ހާލަތާއި ނުބައްދަލު ގޮތަކަށް ރިއެކްޓު ކުރުމުން: ޔައުގޫބް

ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރު އެމްޑީޕީއިން ގާއިމު ކުރި ވެރިކަން ގެއްލިގެންދިޔައީ އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހާލަތާއި ނުބައްދަލުގޮތަށް “ރިއެކްޓު” ކުރެއްވުމުންކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގެ ތެރެއިން ރައީސް ނަޝީދަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، ރައީސް ނަޝީދު އެ ދުވަސްވަރު “ރިއެކްޓު” ނުކުރެއްވި ނަމަ އެ ވެރިކަން ދައުރު ނިމެންދެން އޮންނާނެކަމަށެވެ.

އެނާ ވިދާޅުވީ، 2008 ވަނަ އަހަރު ގާއިމު ކުރެވުނީ ރައީސް ނަޝީދުގެ ވެރިކަމެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެމްބަރުން އަދި ދިވެހި ރައްޔިތުންގެ ވެރިކަމެއްކަމަށް ފާހަގަކުރައްވާ ވިދާޅުވީ، އެ ވެރިކަން ވަކި މީހަކާއި ހަވާލުކުރުމުން ހަވާލު ކުރެވުނު 5 އަހަރު ދުވަހުގެ މުއްދަތަށް އެ މަސައްކަތްތައް ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވަނީ ގިނަ ފަހަރެއްގެ މަތިން އެފަދަ ގޮތަކަށް “ރިއެކްޓު” ކުރައްވާފައިކަމަށާއި އެމަނިކުފާނަކީ ހާލަތާއި ނުބައްދަލު ގޮތެއްގެ މަތިން “ރިއެކްޓު” ކުރައްވާ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ވެރިކަން ވެއްޓިގެން ދިއުމަކީ އެމަނިކުފާނު އެފަދަ ގޮތަކަށް “ރިއެކްޓު” ކުރެއްވުމުގެ ނަތީޖާކަމަށެވެ.

ޔައުގޫބް ވިދާޅުވީ، ރައީސް ނަޝީދު ކަންކުރެއްވީ އެ ދުވަހު ކަންކުރައްވަން ޖެހޭ ގޮތަށް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ މެމްބަރުން އެދި އެދި ތިބި ގޮތް ނޫންކަމަށާއި އެ ދުވަހު ކަންވެގެންދިޔަ ގޮތަށް ވުމަށް ދިވެހި ރައްޔިތުންވެސް ނޭދޭކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސް ނަޝީދު އެ ވިދާޅުވާ ގޮތަށް އަދި އެޒާތައް “ރިއެކްޓު” ކުރުމުން ދެންވެސް ނުކުންނާނީ އޭރުވެސް ނުކުތް ނަތީޖާކަމަށެވެ. އެކަމުން ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާއާއި މޮޅުތަކެއްވެސް ނެތްކަމަށް އެނާ ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ، މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައީސް ނަޝީދު އެ ވިދާލުވާ ގޮތަށް “ރިއެކްޓު” ކުރައްވަން ޖެހިވަޑައިނުގަންނަވާކަމަށެވެ. އަދި ރައީސް ވެރިކަން ކުރައްވަމުންދަނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތުގެ މަތިންކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: