ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަޒުލުކުރާކަށް އެމްޑީޕީއަކުން ނޫޅޭ: ޔައުގޫބް

ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަޒުލުކުރުމަށް އެމްޑީޕީގެ ތެރޭގައި މަޝްވަރާކޮށް ނިންމާފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރައީސް އަޒުލުކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަކާލާތުކުރަމުންދާކަމާއިމެދު ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، އެމްޑީޕީއަކުން ރައީސް މުއިއްޒު އަޒުލުކުރަން ރާވާފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރާއި ރައީސް މުއިއްޒުއަށް އެފަދަ ހީއެއް ވެފައި އޮތްކަމަށް ފެނިގެންދާކަމަށާއި ސަބަބަކީ އަޒުލުކުރެވިދާނެ ފަދަ އަމަލެއް ނުވަތަ އަމަލުތަކެއް ރައީސް ހިންގަވާފައިވާކަމަށް ގަބޫލުކުރެވިފައިވުންކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޔައުގޫބް ވިދާޅުވީ، ރައީސް އަޒުލުކުރުމުގެ ވާހަކަތައް މާ ގިނައިން ސަރުކާރުން ދައްކަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަކުން އެ ވާހަކަތައް ދައްކައި ނޫޅޭކަަމަށާއި އެމްޑީޕީގެ ތެރޭގައި މިވަގުތު އެކަމާއި ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން އަޒުލުކުރަން އަދި ނުކުރަންވެސް އެމްޑީޕީއިން ވިސްނާފައިނުވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް އަދި ވެފައިވަނީ ދެ މަސްދުވަސްކަމަށްވާއިރު، ފެންމަތިވެފައިވާ ކަންކަމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކަންކަން ގޯސްވެގެންދާނެ މިންގަނޑު އަންދާޒާކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހަށް ރައީސް އަޒުލުކުރަންށާއި މެމްބަރުން ގުނަންށާއި ނޭނގިގެން ނޫޅޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: