ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތައް ބަޖެޓްގައި ހިމަނާ ނަމަ، ފިޝަރީޒް މިނިސްޓަރަށް ރުހުން ދިނުމަށް ދަތިވާނެ: ޔައުޤޫބު

ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތައް ބަޖެޓްގައި ހިމަނާފައިވާ ކަންތައްތަކަށް މިހާރު ފިޝަރީޒް މިނިސްޓަރ ހައްލެއް ހޯދަވައި ނުދެއްވައިފިނަމަ، އެމަނިކުފާނަށް ރުހުން ދިނުމުގައި ދަތިވާނެކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރަށް އަންދާޒާކޮށް ހުށަހަޅާފައިވާ ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޔަޢުގޫބް ވިދާޅުވީ، މަސްވެރިކަން ބާނާ މަހުގެ އަގަށް 25 ރުފިޔާ ދިނުމަށް ރައީސް ޞާލިޙްގެ ސަރުކާރުން އަމަލު ކުރަމުން އައި ގޮތައް ބަދަލް ގެނައުމަށް މިހާރުގެ ސަރުކާރުން ބަޖެޓުގައި ހިމަނާފައިވާއިރު، މިއީ މަސްވެރިންނަށް ދެވޭ ބޮޑު އަނިޔާއެއްކަަމަށެވެ. މިއީ މަސްވެރިންގެ ހައްގަށް އަރައިގަތުން ކަމުގައި ވިދާޅުވިއެވެ.

އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ބަޖެޓުގައި ހިމަނާފައިވާ މިކަންކަމަށް ހައްލެއް ހޯއްދަވައި ނުދެއްވައިފި ނަމަ، އެމަނިކުފާނަށް ރުހުން ދިނުމުގައި ދަތިވާނެކަަމަށް ވިދާޅުވިއެވެ.

އިޤްތިޞާދު ހަރުދަނާކުރުމަށް މަސްވެރިންގެ ހައްގުތައް ނިގުޅައި ގަތުމަށް މަސައްކަތްތައް ކުރެވެމުންދާތަން ފެންނަން ފެށިކަމަށް ފާހަގަކޮށް ޔައުގޫބު ވިދާޅިވީ އަނެއްކާވެސް މި ފެންނަނީ މަސްވެރިނަށް އަނިޔާކުރުމަށް މަސައްކަތަތަކެއް ކުރެވެމުން އަންނަތަންކަމުގައެވެ.

ރާއްޖޭން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމާ އެކު ރައީސް ޞާލިޙްގެ ސަރުކާރުން ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: