ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީއެއް ވެސް ނުލިބޭ، ސްޓޭންޑު ބަދަލުކުރިކަން އެނގިކަމަށް ބުނެ ވެސް ރިފްއަތު ހެދީ ދޮގު: މަޖިލިސް

ރައީސް މުހައްމަދު ނަޝީދާއި، ބަންޑާރަ ނައިބު ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗާގޮސް ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށު އަރާ ސަރަޙައްދާއި ގުޅޭގޮތުންނާއި، ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ މަޖިލީހާއި ހިއްސާ ކުރިކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްކެވި ވާހަކަތައް މަޖިލީހުގެ އިދާރާއިން ދޮގުކޮށްފި އެވެ.

ރޭގެ ޕްރެސް ކޮންފަރެސްންސްގައި ދެކެވުނު ވާހަކަތައް ދޮގުކޮށް، މަޖިލީހުގެ އިދާރާއިން އާއްމު ކުރި ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީ އާއި ޗާގޮސް މޮރިޝަސް އާއި ހަވާލު ކުރުމަށް ގޮވާލާ ގަރާރަށް އދ. ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑު ބަދަލުކޮށްފައިވާކަން މިހާތަނަށް ވެސް މަޖިލީހާއި ރަސްމީކޮށް ހިއްސާކޮށްފައި ނުވާކަމަށެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ، ފޯޅަވަހީގެ މައްޗަށް އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން، ހަބަރުތަކުން އިވިފައިވާކަމަށެވެ. އަދޮ ރާއްޖެއަށް ދައުވާ ރައްދުވާ ގޮތަށް މި މައްސަލައިގައި ދައުވާ އުފުލާފައިވާ ގައުމަކީ މޮރިޝަސް ކަމާއި، މިކަމުގައި ރާއްޖެއިން ކުރިން ދެކެމުން އައި ގޮތް ބަދަލުވީކަން ސާފުވީ މީޑިއާތަކުން ގެނެސްދީފައިވާ ހަބަރުތައް މެދުވެރިކޮށް ކަމަށެވެ.

މިއީ ދިވެހި ދައުލަތުގެ ސިޔާދަތާއި ގުޅުން ހުރިކަމެއްގެ ގޮތުގައި ބަޔާންކޮށް އަމިއްލަ ފަރާތަކުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާއި ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ބަންޑާރަ ނައިބާއި ބަންޑާރަ ނައިބުގެ އޮފީހާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީން މި އަހަރުގެ ފެބްރުއަރީ މަހު އެ އޮފީހަށް ސިޓީއެއް ފޮނުވިކަން ބަޔާނުގައި ވެއެވެ.

މި ސިޓީތަކުގެ ޖަވާބުގައި، މޮރިޝަސްގެ ފަރާތުން ރާއްޖެ އާއި ޗާގޮސް ދެމެދު އޮތް ކަނޑުގެ ސަރައްހަދުގެ ތެރެއިން ފުށުއަރާ ސަރަހައްދާއި، ގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅޭ މައުލޫމާތުތައް ހިމަނައި ދެ ސިޓީއެއް އޭޖީ އޮފީހުން ފޮނުވިކަން ފާހަގަކޮށް މަޖިލީހުގެ ބަޔާނުގައި ބުނީ އެ މައސަލައިގައި ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ވާ ކަންކަމަކީ ހުޅުވާލައިގެން ބޭއްވޭނެ އެ މައްސަލައިގެ އަޑުއެހުންތަކާއި ހަމައަށް ސިއްރު ހިފަހަޓަން ޖެހޭކަމަށާއި، އެ ތަންސީލު ހާމަ ނުކުރުމަށް ރާއްޖެ ތަމްސީލު ކުރުމަށް އައްޔަނުކޮށްފައިވާ ބައނަލްއަގުވާމީ ޓީމުން ލަފާދީފައިވާކަމަށް ޖަވާބުގައި ވާކަމަށެވެ.

މަޖިލީހުން ބުނީ މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގައި ރާއްޖެއާއި ދެކޮޅަށް ބޭނުން ކުރެވިދާނެ ފަދަ ވާހަކަތައް އާއްމު ނުކުރުމަށް ސަމާލުވުމުގެ މުހިންމުކަމާއި އެކަމުގެ ސަބަބުން އެ މައްސަލައަށް ނޭދެވޭ އަސަރު ކުރާނެކަން އެބޭފުޅުން ދެންނެވި ކަމަށެވެ. އަދި މިއީ އެކަމުގެ ސަބަބުން މައްސަލައަށް ނޭދެވޭ އަސަރުތަކެއް ކުރުވަފާނެކަމަކަށް ވާތީ ސިޓީއާއި އެކު ހިމެނި ލިޔުންތައް ސިއްރު ކުރުމަށް ވެސް އެދުނު ކަމަށް ބަޔާނުގައި ވެއެވެ. މަޖިލީހުން މައުލޫމާތު ދިން ގޮތުގައި އެއަށް ފަހު އެ އިދާރާއާއި މައްސަލައިގެ އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: